އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ސްރީލަންކާގައި ހިންގާފަވާ ނިރުބަވެރި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. 

ހޯމް މިނިސްޓަރު މިމޭރުމުން އިލްތިމާސް ކުރައްވާފައިވާއިރު ލަންކާގައި އިއްޔެ ދިން ހަމަލާތަކާއި ދިވެއްސަކާއި އެއްވެސް ވަރަކަށް އެއްވެސް ގުޅުމެއް ނެތްކަން ޤައުމީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ މިއަދު ކަށަވަރުކޮށްދީފައެވެ. އެ ސެންޓަރުންވެސް އެދިފައިވަނީ ޔަޤީން ނުކުރެވޭ، ޒިންމާދާރުކަމެއް ނެތް ވާހަކަތައް ނުފެތުރުމަށެވެ.  

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ މީހުން ގެންދަނީ މިބާވަތުގެ ކަންކަމުގައި ރާއްޖެއާއިމެދު ދޮގު މައުލޫމާތުތައް ފަތުރަމުންނެވެ. އެކަމުގެ ސަބަބުން ބައެއް ޤަުމުތަކުގައި މިހާރުވެސް ދަނީ ދިވަހިންނަށް ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ.  

ރާއްޖޭގެ ޤައުމީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިހައިތަނަށް ދީފައިވާ މައުލޫމާތަށް ބަލާއިރު ދިވެހިންގެ ތެރެއިން ސީރިޔާގެ ހަނގުރާމައަށް ގޮސްފައިވަނީވެސް 60 ވަރަކަށް މީހުންނެވެ. ނަމަވެސް ދާދިފަހުން ރައީސް ނަޝީދު ވަނީ 400 ވަރަކަށް ދިވެހިންގެ އަނބިން ސީރިޔާގައި ހަށިވިއްކަމުންދާ ކަމަށް ވިދާޅުވެފައެވެ. 400 އަނބިން ގޮސް ތިބޭނީ 400 ފިރިންނާއިއެކުގައި ކަމަށްވުމުން ރައީސް ނަޝީދުގެ ހިސާބުން އެ ދައްކަނީ 800 ދިވެހިން ސީރިޔާއަށް ގޮސްފައިވާކަން ކަމުގައި ފާހަގަކުރެވެއެވެ.  

"ސްރީލަންކާގަ ހިންގާފަވާ ނިރުބަވެރި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ފެތުރުމާއި އެފަދަ މައުލޫމާތު ފެތުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުން އެއްކިބާވެ ތިބުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް