އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ފާފަ ފުއްސެވުން އެދި ދުޢާ ކުރަން ބޭނުން މީހާ އެންމެ ފުރަތަމަ ސަމާލުކަން ދޭން ޖެހޭނެ ކަންތައް!

ރަމަޟާން މަހު ފާފަ ފުއްސެވުން އެދި ދުޢާ ކުރަން ބޭނުން މީހާ އެންމެ ފުރަތަމަ ސަމާލުކަން ދޭން ޖެހޭނެ ކަންތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

މިއަހަރުގެ ރަމަޟާން މަސް ފެށެން ދެން މިއޮތީ ދެ ހަފްތާއެއްހައި ދުވަހެވެ. ރަމަޟާން މަސް ފެށެންވާއިރަށް ގިނަ ބައަކު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކާބޯތަކެތި ހޯދައި ގެއަށް ވެއްދުމަށެވެ. ތަނަވަސްކަން ހުރި ވަރަކުން އެއީ ހަމަ ކުރުން ވަރަށް މުހިންމު ކަމެކެވެ. ރަމަޟާންމަހު ބާޒާރުކުރަންޖެހޭ ލިސްޓް ކުޑަވުމަކީ އެކަމަށް ހޭދަކުރަންޖެހޭ ވަގުތު މަދުވެ އަދި އަޅުކަން ކުރަން ވަގުތު އިތުރުވާނެ ކަމަކަށްވާތީއެވެ. 

ﷲ ތަޢާލާ ޙަލާލް ކުރެއްވެވި ތަކެތި ހަލާލް ގޮތުގައި ހޯދައިގެން ކެއުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. ޙަލާލު ތަކެތި ޙަލާލު ގޮތުގައި ހޯދައިގެން ނުކާނަމަ އެމީހަކު ކުރާ އަޅުކަމުގައި މައްސަލަ ހުންނާނެތީއެވެ. އެއީ ތައުބާ ވާންޖެހޭ ބޮޑު ފާފައަކަށްވާތީއެވެ. ދުޢާ އިޖާބަ ނުކުރައްވަވާނެތީއެވެ. މިކަމުގައި ރަމަޟާން މަހު އިތުރަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. 

ތިބާ ތިއަ ކުރިމަތިލަނީ އަޅުކަމުގެ މޫސުމަކަށެވެ. މަސައްކަތް ތިއަ ފަށަނީ ރޯދަ ހިފައި ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. މަސައްކަތް ތިއަ ފަށަނީ ރަމަޟާން މަސް ނިމިގެންދާއިރު ތިބާއަކީ ކުރެވިފައިވާ ފާފަތަކުން ސަލާމަތްވެވި ފާފަ ފުހެވިފައިވާ މީހަކު ކަމުގައި ވުމަށެވެ. ފާފަ ނުފޮހެވޭ އަބާއްޖަވެރިންގެތެރޭގައި ނުވުމަށެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނީ ތިމާ ކައިބޮއި ހަދާތަކެއްޗަކީ ﷲ ތަޢާލާ ޙަލާލު ކުރެއްވެވި އަދި ޙަލާލު ކުރައްވަވާފައިވާ ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ހެދުމަށެވެ. 

އެހެން ނޫންނަމަ ރޯދަ ހިފުމުގެވެސް އަދި އަޅުކަން ކުރުމުގެ ވެސް އެއްވެސް ބޭނުމެއް ނެތް ކަމަށް ބުނެވިދާނެއެވެ. ދުޢާ ކުރުމުގެ އެއްވެސް ބޭނުމެއް ޢަމްދުން ނެތެވެ. 

ރަމަޟާން މަހަކީ ގިނަ ބައަކަށް ޚަރަދު ބޮޑު މަހެކެވެ. އެހެންކަމުން އިތުރު ފައިސާ ހޯދަން ޖެހެއެވެ. ޚަރަދުކުރަންވެސް ޖެހެއެވެ. އެހެންކަމުން ފައިސާ ހޯދުމުގައިވެސް މިކަމަށް ސަމާލުކަން ދޭށެވެ. ފައިސާ ހޯދަން ރިބާ ހިމެނޭ ލޯނު ނުނަގާށެވެ. ކްރެޑިޓް ކާޑުން ތަކެތި ގަތުމުން އިތުރަށް ފައިސާ ދޭން ޖެހޭނަމަ އެކަންވެސް ނުކުރާށެވެ. އެއީ ވެސް ހަމަ ރިބާއެވެ. 

ރަމަޟާން މަހުވެސް ތިމާއަށް ލިބޭ މިންވަރަކުން ޚަރަދުކުރާށެވެ. އަނބިދަރިންނަށްވެސް އެކަން ވިސްނައިދޭށެވެ. ރޯދައިގެ ސަވާބު އިތުރުވަނީ މީރުކޮށް ކެއުމަކުން ނޫނެވެ. އަޅުކަން ކުރުން އިތުރުކުރިވަރަކުންނެވެ. ވީމާ މީރު ތަކެތި ކެއުމަށްޓަކައި ދަރަނިވެރި ނުވާށެވެ. އަތުގައި ހުރި މިންވަރުން ފުއްދާށެވެ. ކިރިޔާވެސް ބަނޑުފުރާނަ މުއްތި ކުރެވޭނަމަ އެހެން މީހުންނަށް ސަލާން ނުޖަހާށެވެ. ކަންކަމު ނުކިޔާށެވެ. ރޯދަ މަސް ކަމަށްބުނެ މީސް މީހުންގެ އަތުން ފައިސާ އާއި ތަކެތި ނުހޯދާށެވެ. 

ރިޒްޤަށް އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ދެއްވަވާނެތެވެ. ދެއްވެވި މިންވަރަށް ޝުކުރުކުރާށެވެ. އެއިރުން ދާނީ ހުރިހާ ކަމެއްވެސް ފުރިހަމަވަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް