އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ރޯދަ އިނާޔަތުގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި

ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ރޯދަ އިނާޔަތުގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

މި އަހަރުގެ ރޯދަމަހުގައި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ރޯދަ އިނާޔަތުގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިއަދު އަންގައިފިއެވެ. 

ފިނޭންސް މިނިސްޓްރީން އަންގާފައި ވަނީ ރޯދަ މަހުގެ އިނާޔަތަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ގިނަ އިން ނުވަތަ މަދުން ނުދިނުމަށާއި އަދި މަދުން ދީފައިވާ ނަމަ، މި އަންނަ މަހުގެ މުސާރަ އިން އެ ބައި ހަމަޖެއްސުމަށެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމް ކުރާ ކަމެކެވެ.

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭކަށް ނުޖެހެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު