އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޅަ ސްކޫލަކުން 515 ކުދިންނާއެކު ދިރާގު މަމެން އިންޓަރ ސްކޫލު ބައިކް ޗެމްޕިއަންޝިޕް މި މަހު ބާއްވަނީ

ސޯޅަ ސްކޫލަކުން 515 ކުދިންނާއެކު ދިރާގު މަމެން އިންޓަރ ސްކޫލު ބައިކް ޗެމްޕިއަންޝިޕް މި މަހު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

16 ސްކޫލަކުން 515 ކުދިންނާއެކު ދިރާގު މަމެން އިންޓަރ ސްކޫލު ބައިކް ޗެމްޕިއަންޝިޕް ބާއްވަން ނިންމާފައިވާކަމަށް ދިރާގުން ބުނެފިއެވެ.

ރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގުން ބުނީ އެ ކުންފުންޏާއި ބައިކްމޯލްޑިވްސްއިން ގުޅިގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި އޭޕްރިލް މަހުގެ 27 އަދި 27ގައި ހުޅުމާލޭ ބައިކް ޓްރެކްގައި ކަމަށެވެ. 

ދިރާގާއެކު ބައިކް މޯލްޑިވްސް އިން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން މިމުބާރާތް ބާއްވާ މިއީ ދެވަނަ އަހަރެވެ. 

މި އަހަރުވެސް ތަފާތު 25 ރޭހެއް،3 އުމުރުފުރާގެ މެދުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. 

ކޮންމެ އުމުރުފުރާއެއްގައިވެސް އަންހެން އަދި ފިރިހެން ބައި ވަކިވަކިން ކުރިއަށް ގެންދާ އިރު، 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ބައިސްކަލު ރޭހެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގެ ފުރަތަމަ ދުވަސް ކަމަށްވާ އޭޕްރިލް 26 ވަނަ ދުވަހު މުބާރާތް ކުރިއަށްދާނީ ހެނދުނު 07:00 އިން 09:00 އަށެވެ. އަދި ދެވަނަ ދުވަސްކަމަށްވާ 27 ވަނަ ދުވަހު ހެނދުނު 07:00 ން ހަވީރު 16:00އަށެވެ. 

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. 

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއްކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް