އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނުފުދި ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!

ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނުފުދި ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނުފުދި ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު ކަންނެތްވެ އިހްމާލްވަމުންދާ ކަމެކެވެ. ވީމާ ފުދިގެން ނިދާ މީހަކަށްވުން ކީއްތޯއެވެ؟ 

ގިނަބައަކު އަޅާނުލާ ދޫކޮށްލަމުން ގެންދާ އަގުބޮޑު ދެ ޖަވާހިރު- 

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނެގެން އެބައޮތެވެ. މިސާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު) އެވެ. އާޔަތަކަށް ބަލައިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ. 

ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީވެސް އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ. އެހެނީ ކީރިތި ޤްރްއާނުގެ އާޔަތްތައް މާތް ﷲ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް މި ދެ އާޔަތަކީ މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާ ދެއްވަވާފައިވާ 2 އާޔަތްކަމަށްވުމުން އެ ދެ އާޔަތުގެ މަތިވެރިކަން އެނގިގެންދެއެވެ. އެ ދެ އާޔަތުގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެ 2 އާޔަތަކީ ސީދާ އަރުޝީގެދަށުން ﷲ ތަޢާލާ ދެއްވެވި 2 އާޔަތް ކަމަށެވެ. 

ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވަނީ "ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް އެރެއަށް ފުދިއްޖެ" ކަމުގައި ހަދީޘްފުޅުގައި އޮންނަ ކަމަށެވެ.

މި ދެ އާޔަތް ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ނުފުދި ނިދަންވީ ކީއްކުރަންތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް