އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޒާ ރިވިއު: "ބަވަތި" ގެ ޓީޒާ ބެލިންތަ؟ ހައިރާންވާހާ ތަފާތު!

ޓީޒާ ރިވިއު: "ބަވަތި" ގެ ޓީޒާ ބެލިންތަ؟ ހައިރާންވާހާ ތަފާތު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އައު ކުންފުންޏެއް ކަމަށްވާ "އައި ފިލްމްސް" ގެ ފުރަތަމަ ފިލްމު "ބަވަތި" ގެ ޓީޒާ މިދިޔަ ހުކުރު ދުވަހުގެ ރޭ ދައްކާލައިފިއެވެ.

މިފިލްމުގެ މޯޝަން ޕޯސްޓަރު މިމަހުގެ ކުރީކޮޅު ދައްކާލާފައިވާއިރު، އެޕޯސްޓަރަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ޓީޒާ މިހާރު ރިލީޒް ކޮށްފައިވާއިރު، ޓީޒާ ވެސް އެހާމެ ފުރިހަމަވެފައި ތަފާތު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

"ބަވަތި" މިފިލްމަކީ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓް ކޮށްފައިވާ ވަރަށް ތަފާތު ފިލްމެއްކަން، ފިލްމަށް ދީފައިވާ ނަމުން ވެސް ހާމަވެއެވެ. އޭނާ ބުނިގޮތުގައި މިފިލްމަށް އެނަން ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާއި ގުޅޭތީއެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު ރިލީޒް ކުރާ މިފިލްމުގެ ހުރިހާ ޝޫޓިންއެއް މިހާރު ވަނީ ނިމިފައެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މަޝްހޫރު ފިލްމީ ބަޠަލާ ނުޒުޙަތު ޝިހާބް (ނުޒޫ) އާއި މިދާއިރާއަށް އަލަށް ތަޢާރަފްވާ އަހުމަދު އިފްނާޒް އެވެ.

 

ޓީޒާ ރިވިއު:

ޓީޒާއިން ބޮޑަށް ފެންނަނީ ނުޒޫ އެވެ. އަތޮޅުތެރޭ ރަށެއްގެ މަންޒަރެއް އެންމެ ފުރަތަމަ ވެސް ދައްކުވައިދޭއިރު، ނުޒޫ ވަރަށް އިތުބާރު ކުރާ ފަރާތެއްގެ (އިބޫގެ) ތަފާތުކަމުގެ ވާހަކަ އޭނާ ދައްކައެވެ. އެއިތުބާރާއެކު އިބޫ އާއި ކައިވެނިކޮށްގެން މާލެއަށް ދިރިއުޅުން ބަދަލުވާކަން ވެސް ހާމަވެއެވެ.

ނަމަވެސް ދެން ފެންނަނީ، ކުރިން އިހުސާސް ކުރެވުނު އުފާވެރިކަމާއި މުޅިން ތަފާތު މަންޒަރެކެވެ. ނުޒޫގެ ދިރިއުޅުން ބަނަވާ ކަހަލައެވެ. އޭނާ ގެނބެމުންދާ ކަހަލައެވެ.

ފަސްތަރިން ރޭޓް ކުރާނަމަ "ބަވަތި" ގެ ޓީޒާއަށް ފަސްތަރިއަށްވުރެ ގިނައިން ވެސް ނުދޭންވީ ސަބަބެއް ނެތެވެ. މިހާރު އިންތިޒާރު ކުރެވެނީ މިއަސަރުގަދަ ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަކަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ