އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަށް މާރިޔާ ތާއީދު ކުރައްވައިފި!

ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަށް މާރިޔާ ތާއީދު ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް، އިސްލާހު ކުރުމަށްޓަކައި 20 ކަމެއް ހިމެނޭ ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަަދު ދީދީ ތާއީދު ކުރައްވައިފި އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ މާރިޔާގެ ޓްވީޓްގައި ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްލާހީ އެޖެންޑާ އެއީ ފުރުސަތެއް ކަމަށް ދެކި، ރާއްޖޭގެ މީހުން ރާއްޖެއަށް އިސްލާހެއް ގެނައި ގޮތަށް ޖުޑިޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއް ކަމަށް ދެކެގެން އެ ފުރުސަތުގެ ބޭނުން ކުރުން މުހިންމު ކަމަށްދެކޭ ކަމަށެވެ. އަދި މިއީ އެކަމަނާގެ އަމިއްލަ ހިޔާލު ކަމަށާއި މިނޫން ގޮތަށް ދެކޭ އެތައް މީހުނެއް އުޅޭނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. 

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީ މަހު ބޭއްވި ޖުޑިޝަރީއާ ގުޅޭ ފޯރަމްގައި ބައިވެރިންނާއި ޔޫއެންޑީޕީގެ މަޝްވަރާ އާއި ބޭރުގެ ޖަމިއްޔާތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި ރިޕޯޓްތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ.

މަގުޗާޓްގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގާނޫނުތައް އިސްލާހު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރައްޔިތުންގެ ޝަކުވާތައް ފަސޭހަ އިން ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު