އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަސްޓަމްސްގެ މުވައްޒަފުންނަކީ ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވަން ތިބެންޖެހޭ ބައެއް: މާރިޔާ

ކަސްޓަމްސްގެ މުވައްޒަފުންނަކީ ދުނިޔެއަށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވަން ތިބެންޖެހޭ ބައެއް: މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކަސްޓަމްސް މުވައްޒަފުންނަކީ ދުނިޔެއަށް މިއަދު ކުރިމަތިވަމުން އަންނަ އެކިއެކި ގޮންޖެހުންތަކާއި ނުރައްކަލާއި ކުރިމަތިލައި ފާރަވެރިވެ އެކަންކަން ހުއްޓުވަން ނަޒާޙަތްތެރިކަމާއިއެކު ތިބެންޖެހޭ ބައެއްކަމަށް ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މާރިޔާ މިމޭރުމުން ވިދާޅުވީ މިއަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ކަމަށްވާތީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމްސްގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. 

މާރިޔާ ވިދާޅުވީ ކަސްޓަމްސް ފެށިގެން އައިއިރު ކަސްޓަމްސްއަކީ ހަމައެކަނި މުދާ ދޫކުރާތަނެއްގެ ގޮތުގައި ރައްޔިތުން ދެކެމުންއައިތަނެއް ކަމަށާއި އެހެންނަމަވެސް މިހާރު ކަސްޓަމްސްއަކީ އެއަށް ވުރެ މާބޮޑު ޒިންމާތަކެއް މަތިކޮށްފައިވާ ތަނެއްކަމަށެވެ. 

ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެކުރުން ހުއްޓުވަން ކަސްޓަމްސްގެ މުވައްޒިފުން ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަންނަނީ އަތުލައިގަނެވެމުންނެވެ. މީގެ އިތުރުން އަޅުކަން ކުރަން ބޭނުންކުރާ ބުދު ފަދަ ތަކްތި ވެސް އަންނީ އަތުލައިގަންނަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް