އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސާރަ ނުލިބޭނަމަ ހުށަހަޅަންޖެހޭނީ މުއައްސަސާތަކަށް! ދިވެހި ފަސްގަނޑުގަ ދިވެހިން ރަހީނުކުރުމަކީ ގައުމަށް ޣައްދާރުވުން!: މާރިޔާ

މުސާރަ ނުލިބޭނަމަ ހުށަހަޅަންޖެހޭނީ މުއައްސަސާތަކަށް! ދިވެހި ފަސްގަނޑުގަ ދިވެހިން ރަހީނުކުރުމަކީ ގައުމަށް ޣައްދާރުވުން!: މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ބިދޭސީންނަށްވެސް އެމީހުންގެ ޙައްޤުތައް ނުލިބޭނަމަ ދާނެޖެހޭ ކޯޓުތަކާއި މުއައްސަސާތައް އެބަހުރިކަމަށާއި ދިވެހި ފަސްގަނޑުގައި ބިދޭސީން ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން ކުރަން "އޯކޭ" ކަންކަން ނޫން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

މާރިޔާ ވިދާޅުވީ އެފަދަ ޢަމަލުތައް ކުރުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

މާރިޔާ އަޙްމަދު ދީދީ މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ބަންގްލަދޭޝް ބައަކު އެމީހުން ލައްވާ މަސައްކަތް ކުރުވާފައި މުސާރަ ނުދިން ކަމަށްވުނެ ރާއްޖޭގެ ރަށެއް ކަމަށްވާ ބ. ބޮޑުފިނޮޅު ހިޞޯރުކޮށް އެމީހުންގެ ބާރުގެދަށަށް ގެންގޮސް، 12 ދިވެހިން ރަހީނުކޮށް ފުލުހުންނާއި ކުރިމަތިލައި އެމީހުންގެ ބޯފަޅައި އަނިޔާކުރި މައްސަލަ ޢާއި ގުޅިގެންނެވެ.

އެމީހުންނަށް މުސާރަ ނުދީ ހިފަހައްޓާފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހިންގާ ކުންފުންޏަކުންނެވެ! ރައްޔިތުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާކަމަށް ބުނާ މަޖިލީހުގެ މެންބަރަކު ހިންގާ ކުންފުންޏަކުންނެވެ.  

ބަންގްލަދޭޝް ބައެއް މީހުން ބުނަނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނަށް ޝަކުވާއެއް ހުށަހަޅަން ދިއަ ނަމަވެސް ގިނަ ފަހަރު އަޑުވެސް ނުއަހާ އެމީހުން އެތަނުން ބޭރުކުރާ ކަމަށެވެ. އެހެންކަމުން ޝަކުވާ ހުށަހަޅަން އެމީހުންނަށް ދަތިތައް ހުންނަ ކަމަށެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީންގެ އަދަދު ގިނަވުމުން ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ސިފައިންނާއި ފުލުހުން އަންނަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް