އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗްގެ މަރާމާތު މަސައްކަތްތައް މިހާރުން މިހާރަށް ހަމަ ހިލޭ ސާބަހަށް ކޮށްނިންމެން އެބައޮތް!

އައިޖީއެމްއެޗްގެ މަރާމާތު މަސައްކަތްތައް މިހާރުން މިހާރަށް ހަމަ ހިލޭ ސާބަހަށް ކޮށްނިންމެން އެބައޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބަލައިފިނަމަ އައިޖީއެމްއެޗްގެ މައްސަލަތަކަކީ އެންމެ ބޮޑު މައްސަލަ ތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ. އެއީ އެތަނުގެ ޑޮކްޓަރުންނާއި ދެވޭ ޚިދުމަތުގެ މައްސަލައެއް ނޫނެވެ. އެއީ އިމާރާތުގެ މައްސަލައެވެ.

ކޮންމެ ގޮތަކުން ބެލިނަމަވެސް އެއްވެސް ތަޖުރިބާއެއް ނެތި މާލޭގައި ސަރުކާރުން އެންމެ ފުރަތަމަ ދެ ބުރިއަށް ހެދި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ބައު ކަސްޓަމްސް އާއި ކުރީގެ އެމްއެމްއޭ އާއި ފާށަނާ ބިލްޑިންގ ފަދަ އިމާރާތްތައް އެތައް އަހަރުތަކަކަށްފަހު ތަޅައިލި އިރުވެސް އައިޖީއެމްއެޗްގައި ކުރިމަތިވެފައިވާ ފަދަ މައްސަލަތައް ކުރިމަތިވެފައެއް ނުވެއެވެ.

އެހެންކަމުން އައިޖީއެމްއެޗްވެފައިވަނީ އިމާރާތްކޮށް ނިމުނީންސުރެ މަރާތުކުރަން ޖެހުނު އަދި މަރާމާތުކުރުމުގެ މަސައްކަތް ދުވަހަކު ނުނިމޭ ތަނަކަށެވެ.

ހާލަތު މިހެން ހުއްޓައި މިހާރު މިވަނީ ފުރާޅުން ވާރޭ ވެހޭތީ އޮޕަރޭޝަން ނުކުރެވިފައެވެ. އޭސީ ހަލާކުވެގެން އަވަނަކަށް ބަދަލުވެފައެވެ. އެ ހާލަތުގައި 3 މަސް ވާން އުޅޭއިރު ކަންބޮޑުވާން ޖެހެއެވެ. ހުޅަނގު މޫސުމުގައި ސިލޯނަށް މަސް ހިފައިގެން ދިއަ އޮޑި އިރުޔވައި މޫސުމުގައި މާލެ އައުމުން މުދައު ލިބުނު ޒަމާން މިއަދު މިވަނީ ފާއިތުވެފައެވެ.

ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބޭނުން ކޮންމެ އެއްޗެއް ގެނައުމުގެ މަގު މިވަނީ ފަހިވެފައެވެ.

އެހެންކަމުން މިފަދަ މުހިންމު އަސާސީ ޚިދުމަތެއް ދިގުލައިގެން މިހައި ދުވަހަށް ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މި މައްސަލަތައް ހަމަ ދާދި އަވަހަށް ނިންމައިލުމުގެ ފުރުޞަތު ސަރުކާރަށް އެބައޮތެވެ. ޗައިނާގެ އެހީތެރިކަމަށް އެދެންވީއެވެ. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޗައިނާގެ ކުންފުންޏަކުން މިވަރުި ކަމެއް ހިލޭ ސާބަހަށްވެސް ކޮށްލައިދީފާނެއެވެ. މިހާރުވެސް އެގެންދަނީ ކަންކަން ކޮށްދެމުންނެވެ. ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރު އެއްބަސްވުމެއްގައި މިދިއަ ހަފްތާގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ވީމާ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ހުރިހާ ކަންކަން ހިމެނޭ ގޮތުން ހެލްތް މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ ކަންކަން ބަލަހެއްޓެވުމުގެ އެންމެ އިސް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހެލްތް މިނިސްޓަރު ޢަލީ ޝިޔާމް އާއި ސްޓޭޓް މިނިސްޓަރު ޝައުނާ މިކަންކަމަށް އިތުރަށް ވިސްނައިވަޑައިގެންފިނަމަ އައިޖީއެމްއެޗްގެ މައްސަލަތަކަކީ މިހާރުން މިހާރަށް ވެސް ނުހަނު ފަސޭހައިން ހައްލުކުރެވެން ހުރި ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް