އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މާލޭގެ މަގުމަތީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިރޭ ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިރޭ އެ ކައުންސިލުގެ ބައްދަލުވުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފާސްކުރުމަށް ހުށަހެޅިމައްސަލަ ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުން ފާސްވުމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމާ ގުޅޭ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން ކަމަށާއި މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނީ އޭގެ ފަހުން ކަމަށެވެ.

މާލޭގެ މަގުމަތީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރ ހުސައިން ޝަރީފު އެވެ. މިކަމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި ދެކުނު ދާއިރާ ކައުންސިލަރ އަހުމަދު ޒަމީރެވެ

އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރުވެސް ގާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމައިނާ ކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވެނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި އެކަންޏެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު