އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހަށްވުރެ އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަން މާބޮޑު!

އިބިލީހަށްވުރެ އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަން މާބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އަޢޫޛް ކީމާ ޝައިޠާނާ ދުރައްދާނެއެވެ. ބަންގި ގޮވީމާ ވެސް ޝައިޠާނާ ދުރަށްދާނެއެވެ. ނަމަވެސް އަޢޫޛްކީ ނަމަވެސް ބަންގި ގޮވި ނަމަވެސް އިންސީންގެ ތެރޭގައިވާ ޝައިޠާނުން ދުރަކަށް ނުދާނެއެވެ.  

އެކުވެރިންގެ ގޮތުގައި ހެޔޮލަފާ މީހުން އިޚްތިޔާރުކުރަން ޖެހެނީ މިސަބަބަށްޓައެވެ.  

މިރޭގެ އިޙްޔާ ފޯރަމްގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދެއްވި ދަރުސުން  

ދިވެހިބަހުގެ މުހާވިރާއެއްގައި އަހިވަކާއި ޖެހި އަހިވަކެއް ފާވާނެކަމަށް ބުނެވެނީ މި ސަބަބަށްޓަކައެވެ. ނުބައި މީހުންނާއިއެކު އުޅޭނަމަ އެމީހަކުވެސް ވާނީ އެފަދަ ނުބައި މީހަކަށްކަން ބަޔާން ކުރުމަށެވެ. އެ ނުބައި މީހާ ކުރާ ނުބައި އަމަލުތައް ކުރާނެކަން ބަޔާން ކުރުމަށެވެ.

މިއީ މައިން ބަފައިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ދަރިން އެކުގައި އުޅޭ ކުދިންނަކީ، މީހުންނަކީ، ކޮން ބައެއްކަން ބަލަން ޖެހެނީ މި ސަބަބަށްޓަކައެވެ. ދަރިން ކިތަންމެ ނުރުހުނު ނަމަވެސް ނުބައި އެކުވެރިންނާއި އުޅެން ދޫކޮށްލައިގެންނުވާނެއެވެ. ނަޞޭހަތްތެރިވެ އެފަދަ މީހުންނާއި ދުރުކުރަން ޖެހެނީ މިސަބަބަށްޓަކައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް