އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މީރާ ހޯދައިފި

ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މީރާ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

9 ޕޮއިންޓާ 13 ވިކެޓުން ކުރި ހޯދައިގެން ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މީރާ ހޯދައިފިއެވެ.

ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް އަމާޒުކޮށް ބާއްވަމުންދާ ކްރިކެޓް ކާނިވަލްގައި ސަރުކާރު އޮފީސްތަކުގެ މެދުގައި ބޭއްވި މި މުބާރާތުގެ ދެވަނަ ހޯދީ 9 ޕޮއިންޓާއި 8 ވިކެޓުން ދިވެހި ސިފައިންގެ ކްލަބެވެ. އަދި ތިންވަނަ ހޯދީ 9 ޕޮއިންޓާއި 6 ވިކެޓުން ޔޫތް މިނިސްޓްރީއެވެ.

ޔޫތް މިނިސްޓްރީ ވަނީ މުބާރާތުގެ ފެޔަރ ޕްލޭ ޓީމުގެ މަޤާމުވެސް ހޯދާފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުހަދާފައިވަނީ 102 ލަނޑުހެދި ޔޫތް މިނިސްޓްރީގެ ސައިފުﷲ އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގީ 6 ވިކެޓްނެގި މީރާގެ އަނީފް އަލީ އެވެ.

މިއަހަރުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި ތާޖުއްދީން ސްކޫލުގެ ޢަލީ ލަޔާން ރެކޯޑެއް ގާއިމްކޮށްފައިވާތީ މާލޭ ސްޕޯރޓްސް ކްލަބުން ވަނީ ތައްޓެއް ހުށައަޅާފައެވެ. ޖަމާލުއްދީން ސްކޫލާއި ދެކޮޅަށް ކުޅެ ލަޔާން ވަނީ 2 އޯވަރުގެތެރޭގައި އެއްވެސް ލަނޑެއް ނެތި 5 ވިކެޓް ނަގާފައެވެ.

އިނާމާއި ފައިސާ ތަށި އަދި ޗެމްޕިއަންޓީމަށާއި ރަނަޕް ޓީމަށް މެޑަލް ޙަވާލުކޮށްދެއްވީ  މިނިސްޓަރ އަޙްމަދު މަޚްލޫފް އާއި ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ އާއި ލިލީގެ މެނޭޖިންގ ޑިރެކްޓަރ މައްލާ އަހުމަދު ނާސިރު އާއި ޤައުމީޓީމުގެ އެސިސްޓަންޓް ކޯޗް އަހުމަދު ނީޝާމް އާއި މެނޭޖަރ މަހުމޫދު ރިޔާޒް އާއި ކްރިކެޓް ބޯރޑުގެ ރައީސް މުހަންމަދު އަފްލާހްއާއި ސެކެރެޓަރީ ޖެނެރަލް އަލީ ފާއިޒް އެވެ.

މި ކާނިވަލުގައި ހިމެނޭ ކްރިކެޓް ކާނިވަލްގެ ކުންފުނިތަކުގެ މުބާރާތް މިއަދު ފަށާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިޔާން އެޗްޑީސީ އޭ އަދި ޖޮލީބޯއީސްއާއި ގްލޯބަލް ކާގޯގެ ޓީމެވެ.

ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް