އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ސިނަމަން ރޯލްސް

މިއަދުގެ ރެސިޕީ: ސިނަމަން ރޯލްސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 8 ސިކުންތު

ބޭނުންވާނެ ތަކެތި:

 

·   2 ޖޯޑު ކިރު (ފުލް ކްރީމް)

·  ½ ޖޯޑު ޔީސްޓް

·   2 މޭޒުމަތީ ސަމުސާ ހަކުރު

·   1 ސައިސަމުސާ ލޮނު

·  ބަޓަރ

·   1 ކުކުޅު ބިސް

·   3 ޖޯޑު ފުށް

·   2 ސައިސަމުސާ ބްރައުން ޝުގަރ

·   2 ސައިސަމުސާ މުގުރާފައި ހުރި ސިނަމަން (ފޮނިތޮށި)

·   ގްލޭޒް (ބޭނުންނަމަ)

 

ތައްޔާރު ކުރާނެ ގޮތް:

 

·  އެންމެ ފުރަތަމަ ބޮޑު ތައްޓަކަށް ކިރު، ޔީސްޓް، ހަކުރު، ލޮނު، ދެ މޭޒުމަތީ ސަމުސާ ބަޓަރ، ބިސް، އަދި ފުށް އެޅުމަށްފަހު ފުށްގަނޑެއް ތައްޔާރު ކުރެވޭވަރަށް ރަނގަޅަށް އެއްކޮށްލާށެވެ.

·  ދެން ފުށްގަނޑުގެ (ފުށްގަނޑު ލާފައި އޮތް ތަށިމަތީގައި) ސާފު ފޮތިގަނޑެއް އަޅާ ރަނގަޅަށް މަތިޖެހުމަށްފަހު، އެއްގަޑިއިރު ވަންދެން ފުށްގަނޑު އެގޮތަށް ބާއްވާށެވެ.

·  އެއްގަޑިއިރު ފަހުން ފޮތިގަނޑު ނެގުމަށްފަހު ފުށްގަނޑު އެއްކޮށް ދަމާލާށެވެ. އަދި އެއަށްފަހު އޭގެ މަތީގައި ދިޔާކޮށްފައި ހުރި ބަޓަރ ހާކާށެވެ.

·  އެއަށްފަހު ވަކިން ތައްޓަކަށް ބްރައުން ޝުގާރ އާއި ސިނަމަން އެއްކޮށްލުމަށްފަހު އެތަކެތި ފުށްގަނޑުގައި ހާކާފައިހުރި ބަޓަރ ކޮޅުގެ މައްޗަށް އަޅާލާށެވެ.

·  ދެން ދަމާފައި އޮތް ފުށްގަނޑު ރޯލްސް އެއްހެން އެއްކޮށް އޮޅާލުމަށްފަހު ފަހަރަކު ބައެއް ކަފާލާފައި، ރީތިކޮށް ޓްރޭއެއްގައި އަތުރާލާށެވެ. އެއަށްފަހު އަނެއްކާވެސް ޓްރޭގެ މަތީގައި 30 ނުވަތަ 40 މިނެޓޫ ވަންދެން ފޮތިގަނޑެއް އަޅާފައި ބަހައްޓާށެވެ.

·  ފޮތިގަނޑު ނެގުމަށްފަހު 325 ޑިގްރީޒް ހޫނުމިނުގައި 14 މިނެޓު ވަންދެން އަވަނަށް ލާފައި ފިހެލާށެވެ.

·  ރޯލްސްތައް ފިހެވުމުން އޭގެ މަތީގައި ގްލޭޒް ހާކާލާށެވެ. ސިނަމަން ރޯލްސް ތައްޔާރުވީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ