އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

“ކަނޑޫފާ ވިލެޖް” ގެ ނަމުގައި ތުރީ އޮން ތުރީ ވޮލީބޯޅަ މުބާރާތެއް ބާއްވައިފި

“ކަނޑޫފާ ވިލެޖް” ގެ ނަމުގައި ތުރީ އޮން ތުރީ ވޮލީބޯޅަ މުބާރާތެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މ. މުލަކު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން “ކަނޑޫފާ ވިލެޖް” ގެ ނަމުގައި ތުރީ އޮން ތުރީ ވޮލީބޯޅަ މުބާރާތެއް ބާއްވައިފިއެވެ.

މުލަކުގައި ވޮލީބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 4 ން 8 އަށް މުލަކު ވޮލީ ކޯޓުގައެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު މިމުބާރާތުގައި ފައިނަލުގައި ވާދަކޮށްފައިވަނީ މިސްޔޫ ވޮލީޓީމާއި ގެލެކްސީ ވޮލީ ޓީމެވެ. މިމެޗު  2-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިސްޔޫ ވޮލީޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން މ. އަތޮޅުގެ ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒިޔާދު ޢަލީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ