އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަވަތި" އަޅުވާ ތާރީޚް ޔަގީންވެއްޖެ! ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަސް!

"ބަވަތި" އަޅުވާ ތާރީޚް ޔަގީންވެއްޖެ! ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީ އަށް މުޅިން އައު ކުންފުންޏެއް ކަމަށްވާ "އައިފިލްސް" އިން އުފައްދާ ފުރަތަމަ ފިލްމު "ބަވަތި"، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ނިންމައިފިއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި ސްކްރިޕްޓް ރައިޓާ އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވަނީ، މިހާރު އެފިލްމުގެ ނުނިމި އިނީ ވިޝުއަލް އެކަނި ކަމަށާއި މިޔުޒިކް ވެސް ނިމިފަ އިން ކަމަށެވެ. އަދި މިމަސް ތެރޭގައި "ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ ރިލީޒް ކުރާއިރު ވަރަށް ވަރަހަށް ފިލްމުގެ ޓްރެއިލާރ އެއް ވެސް ބެލުންތެރިންނާއި ހަމަޔަށް ފެނިގެން ދާނެ ކަމަށް އިއްލެ ބުނެފައިވެއެވެ.

"ބަވަތި" މިފިލްމަކީ ތްރިލާރ އެކެވެ. ފިލްމުގެ ދެ ޓީޒަރ އެއް މިހާރު ދޫކޮށްލާފައިވާއިރު، މޯޝަން ޕޯސްޓަރަކާއި އިތުރު ދެ ޕޯސްޓަރެއް ވެސް ވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.

މިފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ކުޅަދާނަ ބަޠަލާ ނުޒުހަތު ޝުއައިބު އާއި ފީޗަރ ފިލްމަކުން އަލަށް ފެނިގެންދާ ބަޠަލު އަހުމަދު އިޒްނާޒް ފިރާގެވެ.

އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފޮނި އުންމީދާއެކު ކައިވެނި ކުރާ ދެމަފިރިއަކަށް ދިމާވާ ކަންތައްގަނޑެއް ދައްކުވައިދޭ މިފލްމަށް "ބަވަތި" މިނަން ދެވުނީ ފިލްމުގެ ސްޓޯރީލައިން އާއި ގުޅޭތީ ކަމަށް ވެސް އިއްލެ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ