އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ސުވާލުކޮށްފި

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ސުވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށްފިއެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ކޮމިޝަނަށް އަދީބު ހާޒިރުކޮށް، ބަޔާން ނަގާފައިވާ ކަމަށާއި، އަފްރާޝީމް އަވަހާރަ ކޮށްލުމާއި ރިލްވާން ގެއްލުވައިލުމާ އަދީބާ ގުޅުވައިގެން ކުރާ އެތަކެއް ތުހުމަތުތަކާ ގުޅޭ ގޮތުން އަދީބާ ސުވާލު ކޮށްފައިވާ ކަމަށް ކޮމިޝަންގެ ޓުވީޓުގައި ބުނެފައިވެއެވެ.

ރިލްވާނު ގެއްލުމުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަދީބުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާއިރު އެތުހުމަތުތަކާ ގުޅޭގޮތުން އަދީބު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިމައްސަލާގައި 15 ދުވަހުގެ ޖަލު ހުކުމެއް އަދީބު ތަންފީޒު ކުރަމުން ދާއިރު މިހުކުމްގެ މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހުއެވެ. އަދި އެއަށްފަހު އަދީބް އެއްކޮށް މިނިވަންވާނެކަމަށް ބެލެވެއެވެ. 

މިއަދު ކަރެކްޝަނަލް ސާވިސްއިން ވަނީ އަދީބު ބޭރަށް ދިޔުމުގެ ހުއްދަވެސް ދީފައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު