އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަވަތި" ގަ ޝެހެނާޒް އަށް މިވަނީ ކިހިނެއްބާ؟ ޕްރޮމޯޝަނަލް ލަވަ ފެނުމުން ވެސް ސުވާލު އުފެދޭ!

"ބަވަތި" ގަ ޝެހެނާޒް އަށް މިވަނީ ކިހިނެއްބާ؟ ޕްރޮމޯޝަނަލް ލަވަ ފެނުމުން ވެސް ސުވާލު އުފެދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ބަވަތި" ގެ ޕްރޮމޯޝަނަލް ލަވަ އިއްޔެ ވަނީ ރިލީސް ކޮށްފައެވެ.

 

ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާއިރު، ކުރިން ރިލީޒް ކުރި ދެ ޓީޒަރ ފަދައިން، މިފިލްމުގެ ޕްރޮމޯޝަނަލް ލަވަ ވެސް މިވަނީ ބެލުންތެރިންގެ ހިތުގައި ފިލްމާއިމެދު ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފައްދާ، ސުވާލުތަކެއް ވެސް އުފައްދާފައެވެ.

 

އެގޮތުން އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކީ، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒުޙަތު ޝުއައިބު (ޝެހެނާޒް) އާއިމެދު އެވެ. "ޝެހެނާޒް" އަށް މިފިލްމުގައި އެވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކީ މިފިލްމުގައި ނުބައިބައި ކުޅޭ މީހާ ހެއްޔެވެ؟ ނުވަތަ އޭނައަށް ރޫހާނީ ކަންތައްތަކެއް ދިމާވަނީ ހެއްޔެވެ؟ ނޫނީ އޭނާ އަކީ ނަފްސާނީ ބަލިމަޑުކަމެއް ތަޙައްމަދު ކުރަމުންދާ މީހަކީ ހެއްޔެވެ؟ ޝެހެނާޒް "އިބޫ" އަށް ގެއްލުމެއް ދެނީ ހެއްޔެވެ؟ މިއީ ހައްތަހާވެސް "ބަވަތި" އާއިމެދު އުފެދިފައިވާ ސުވާލުތަކެވެ.

 

"ބަވަތި" މިފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީ އަށް ނިކުންނަ މުޅިން އައު ކުންފުންޏެއް ކަމަށްވާ "އައިފިލްސް" އިން އުފައްދާ ފުރަތަމަ ފިލްމެވެ. މިފިލްމުގެ ސްކްރިޕްޓް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. ފިލްމުގެ ލީޑް ރޯލުން ނުޒުހަތު ޝުއައިބު ފެނިގެންދާއިރު، ދެން ފެނިގެން ދަނީ ފީޗަރ ފިލްމަކުން އަލަށް ފެނިގެންދާ އަހުމަދު އިފްނާޒް ފިރާގް އެވެ.

 

އިއްލެ ބުނެފައިވާ ގޮތުގައި، މިފިލްމަކީ ތްރިލަރ އެކެވެ. ޕްރޮމޯޝަނަލް ލަވަ މިހާރު ރިލީސްކޮށްފައިވާއިރު، މޯޝަން ޕޯސްޓަރަކާއިއެކީ، "ބަވަތި" ގެ ދެ ޕޯސްޓަރެއް ވެސް ވަނީ ރިލީސް ކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ