އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހީހީބަލިވާވަރުވާނެ ފިލްމު "މާމުއި" ގެ ފުރަތަމަ ޝޯގެ ޓިކެޓު އަދިވެސް ލިބިދާނެތަ؟

ހީހީބަލިވާވަރުވާނެ ފިލްމު "މާމުއި" ގެ ފުރަތަމަ ޝޯގެ ޓިކެޓު އަދިވެސް ލިބިދާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީގައި ކާމިޔާބު އެތައް ފިލްމުތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓާޓެއިންމެންޓް (ޑީއާރްއީ) ގެ އެންމެ ފަހުގެ އުފެއްދުން، "މާމުއި"ގެ ޓިކެޓް ރޮކެޓް ސްޕީޑުގައި އޮލިމްޕަހުގައި ވިކެމުން އެބަދެއެވެ.

 

މިކަމާއިބެހޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ޑީއާރްއީ ގެ ބާނީ އަދި "މާމުއި" ގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގާ) ބުނީ، މިހާތަނަށް އައި އިރު އެފިލްމުގެ ފުރަތަމަ ޝޯވެސް މިހާރު ގާތްގަނޑަކަށް ހައުސްފުލްވުމާއި ގާތްވެފައިވާ ކަމަށާއި އެޝޯގެ ބާކީ އިނީ އެންމެ ދެ ރޯ ކަމަށެވެ.

 

"ވަރަށް ބޮޑު ތަރުހީބެއް މިހާރުވެސް ލިބެމުންދަނީ ފިލްމަށް. އެގޮތުން ދިހަ ޝޯގެ ޓިކެޓް އެއްފަހަރާ ވިއްކަން އަޅުގަނޑުމެން ފަށާފަވާއިރު، ގިނަ އަދަދެއްގެ ޓިކެޓު މިހާރުވެސް ވަނީ ވިކިފަ. ފުރަތަމަ ޝޯގެވެސް ބާކީ މިހާރު އިނީ ދެ ރޯ ފުލް ނުވެ" މޮގާ ބުންޏެވެ.

 

"މާމުއި" ގެ ޕްރިމިއާރ ޝޯގެ ޓިކެޓެއް -/150 ރުފިޔާއަށް އުޅޭއިރު އެހެން ޝޯތަކުގެ އަގު އުޅެނީ -/100 ރުފިޔާ އަށެވެ.

 

           

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އޮލިމްޕަހު ސްކްރީނުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މިފިލްމަކީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލްގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ ކޮމެޑީ ފިލްމެކެވެ.

 

ދިވެހި ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް ހިމަނައިގެން ހަދާފައިވާ މިފިލްމުގައި ހަރަކާތްތެރިވެފައިވަނީ މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުޙަތު ޝުއައިބު (ނުޒޫ)، މަރިއްޔާ، އަހުމަދު ސުނީ، ހަމްދާން ފާރޫޤް، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަހުމަދު އަމާން، އަހުމަދު ޝާކިރު، ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިޔާ ތްރެސާ، އަދި އަލީ ޝަޒްލީމް ގެ އިތުުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ އެވެ. މީގެ އިތުރުން 90 ގެ އަހަރުތަކުގެ ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ ހިތްތަކުގައި ޖާގަ ހޯދާފައިވާ އިސްމާއިލް ވަޖީހު ވެސް މިފިލްމުން ފެނިގެންދާނެއެވެ.

 

ހެއްވާ މަޖާ މިފިލްމުގެ ވާހަކަ އިއުލާނު ކުރި ދުވަހުން ފެށިގެންނާއި، ފިލްމުގެ ޓްރެއިލާ ފެނުނު ހިސާބުން އަދި ދާދި ފަހުން ރިލީޒްކުރި މިފިލްމުގެ ޕްރޮމޯޝަނަލް ލަވަ ބެލުމަށްފަހު ވެސް ބެލުންތެރިން އަންނަނީ "މާމުއި" އަށް ފޮނި އިންތިޒާރުތަކެއް ކުރަމުންނެވެ.

 

ތަފާތު ނަމެއް ދީފައިވާ މިފިލްމު ޝޫޓްކޮށްފައިވާ ލޮކޭޝަންތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން މޮގާ ބުނެފައިވާ ގޮތުގައި "މާމުއި" ގެ ބައެއް މަންޒަރުތައް ޔޮޓެއްގައި ނަގާފައިވާއިރު، ޖެޓެއްގަ ވެސް މަންޒަރެއް ޝޫޓްކޮށްފައިވެއެވެ.

 

އެހެންކަމުން މިއީ ހަމަޔަގީނުން ވެސް ނުބަލާ ދޫކޮށްލާވަރު ފިލްމެއް ނޫންކަން ކަށަވަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ