އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރުމުން އެއް އަހަރުވުމުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް ހުށަހެޅި ބިލް، މަޖިލިހުން ބޭރު ކޮށްލައިފި

އުރުމުން އެއް އަހަރުވުމުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް ހުށަހެޅި ބިލް، މަޖިލިހުން ބޭރު ކޮށްލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ކުދިންގެ އުމުރުން އެއް އަހަރުވުމުން، ޕްރީސުކޫލަށް ވައްދާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އެމަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

 

އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

 

މިއަދުގެ މަޖިލިސް ޖަަލްސާގައި އެބިލަށް ވޯޓުލުމަށް ފުރުސަތު ހުޅުވާލުމުން، އެ ބިލް ފާސްކުރަން ފެންނަ ކަމަށް ހަތަރު މެމްބަރުން ވޯޓުދެއްވާފައިވާއިރު، ނުފެންނަ ކަމަށް 62 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ފެނިވަޑައި ނުގަންނަވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

 

މެމްބަރު ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހަކީ އުމުރުން އެއް އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމުގައި ތުއްތު ކުދިން ބައިވެރި ކޮށްގެން ސްކޫލްތައް ހިންގަން ދައުލަތަށް ލާޒިމު ކުރުމެވެ. ބިލްގައިވާ ގޮތުން، މި އިސްލާހުގެ ބޭނުމަކީ، ކުޑަކުދިންނަށް އެންމެ ކުޑައިރުގައި އެ ކުއްޖެއްގެ އުގެނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ލިބުމާއި އުނގެނުމުގެ މާހައުލު ހަރުދަނާކުރުމަށާއި ތައުލީމަށް ލޯ ހުޅުވުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ