އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ލިބުމުންނާ ދަރިންނަށް ނަން ކިޔާފައި ދުޢާ ކުރުމަކީ މައިންބަފައިން ހަނދާން ނެތިކޮށްލާފައިވާ ކަމެއް!

ދަރިން ލިބުމުންނާ ދަރިންނަށް ނަން ކިޔާފައި ދުޢާ ކުރުމަކީ މައިންބަފައިން ހަނދާން ނެތިކޮށްލާފައިވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ތިމާއަށް ދެއްވަވާ ކޮންމެ ނިޢްމަތެއް ދެއްވެވުމުންވެސް ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވެ ދުޢާކުރަންވާނެއެވެ. ދަރިންނަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ވީމާ ދަރިން ލިބުމުން ވެސް ދުޢާކުރަންވާނެއެވެ. އަދި ދަރިންނަށް ނަން ކިޔާފައި ވެސް ދުޢާކުރަންވާނެއެވެ. އެ ދަރިފުޅަކީ ހެޔޮލަފާ ޞާލިޙް އަޅަކުކަމުގައި ލައްވަވައިދެއްވެވުން އެދިއެވެ. 

މީގެ މާނައަކީ އެއަށްފަހު ދަރިންގެ މައްޗަށް ހެޔޮ ދުޢާ ނުކުރުމެއް ނޫނެވެ. ދަރިންގެ މައްޗަށް ގިނަގިނައިން އަބަދުވެސް ހެޔޮ ދުޢާކުރަންވާނެއެވެ. 

ދަރިންނަކީ ހެޔޮ ލަފާ ޞާލިޙް އަޅުން ކަމުގައި ވުމަކީ ތިމާއަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ތިމާ މަރުވުމަށްފަހު ތިމާއަށް ފައިދާ ކުރާނެ މަދު ކަންކަމުގެ ތެރޭގައި ޞާލިޙް ދަރިންގެ ހެޔޮ ދުޢާ ހިމެނޭތީއެވެ. 

ކަން މިހެން އޮތް ނަމަވެސް ބައެއް އެހެން ދީންތަކުގެ މީހުން އަމަލުކުރާފަދައިން ދަރިން ލިބުމާއި ދަރިންނަށް ނަން ކިޔުމަކީ މުނާސަބަތަކަށް ބައަކު ހަދައިފިއެވެ. މުނާސަބަތުތައް ފަށައި ފާހަގަކޮށް ނިންމައިލާއިރުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަވެސް ނުކުރެއެވެ. 

އެގޮތަށް އެކަން ނުކުރާށެވެ! ދަރިއަކު ލިބުމުން ތަނަވަސްކަން ހުރިނަމަ އުފާފައުޅުކުރުމުގެ ގޮތުން ކިތަންމެ ބޮޑު ހަފްލާއެއް ބޭއްވި ނަމަވެސް ﷲ ތައާލާގެ މަތިން ހަނދުމަކުރުމާއި ﷲ ތަޢާލާއަށް ދުޢާކުރުން ހަނދާން ނައްތައިނުލާށެވެ! ބަރަކާތް އިތުރުވާނީ ދުޢާކުރުން ގިނަކުރިވަރަކުންނެވެ! 

- ޝައިޚް މުޢިއްޒު ބުޚާރީގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް