އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެން ދަރުސް ދިން ނަމަވެސް އެކަމަށް އަހަރެންނަށްވުރެ ގިނަ ސަވާބު ދެއްވަވާނީ އަނބިމީހާއަށް!: ޢަބްދުއްރަޙީމް ގްރީން

އަހަރެން ދަރުސް ދިން ނަމަވެސް އެކަމަށް އަހަރެންނަށްވުރެ ގިނަ ސަވާބު ދެއްވަވާނީ އަނބިމީހާއަށް!: ޢަބްދުއްރަޙީމް ގްރީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

އަންހެނުންނަކީވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އެއްވެސް މަސައްކަމެއް ކުރުން މަނާވެގެންވާ ބައެއް ނޫނެވެ. ވިޔަފާރިވެސް ކުރަންވީއެވެ. އެހެން މަސައްކަތްތައް ވެސް ކުރަންވީއެވެ. އޮތީ ހަމަ އެކަނި އެންމެ ޝަރުޠެކެވެ. ﷲ ތައާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ކަންކަން ކުރުމެވެ. މިކަމުގައި ޚަދީޖާ (ރޢ) ވަނީ ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. 

މިއަދު ކުރިމަތިވާ މައްސަލައެކެވެ. ވިޔަފާރިކުރާ އަންހެނުން މުދައު ހޯދަން ބޭރު ޤައުމުތަކަށް ދަނީއެވެ. އެކަނބުލޭގެގެ އެޖެންޓަކީ ނުވަތަ އެހީތެރިއަކީ ފިރިހެނަކަށްވެދާނެއެވެ. އަދި އެމީހަކީ އެޖެންޓް ކަމުގައި ވުމަކީ ދެމީހުން އެކަނި ވަގުތުތައް ހޭދަކުރަން ލިބޭ ހއްދައެއް ނޫނެވެ. ހަމަ އެއާއިއެކު އެޖެންޓް އެމީހެއްގެ ޤައުމަށް އައިނަމަވެސް މުއެވެ. ވީމާ ކޮންމެ މަސައްކަތެއް ކުރިނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތޔަކުގައި ހިފަހައްޓާށެވެ. 

އަންހެނުން ވިސްނަންވީ އަންހެނަކު މަސައްކަތްކުރި ކަމަށްވާނީ ހަމައެކަނި ވަޒީފާ އަދާކުރުމުން ނުވަތަ ވިޔަފާރި ކުރުމުން ނޫންކަމެވެ. 

ދަރުސް ދީ އިސްލާމް ދީން މަތިވެރިކުރަން މިކުރާ މަސައްކަތުގައި އަހަރެންނަށްވުރެ ބޮޑު ނުވަތަ ގިނަ ސަވާބު އަހަރެންގެ އަނބިމީހާއަށް ދެއްވަވާނެ ކަމަށް އަހަރެން އުންމީދުކުރަމެވެ. އެރހެނީ އަހަރެންނަކީ ދަރުސް ދިނުމަށް ތަފާތު ޤައުމުތަކަށް ދަތުރުކުރާ މީހަކީމެވެ. ދަތުރުގައި ބައެއް ފަހަރު ގިނަ ދުވަސްތައް ވެސް ހޭދަކުރަން ޖެހެއެވެ. އަހަރެންނަށް މިދަތުރުތައް ކުރެވެނީ އަނބިމީހާ އެކަމަށް ހިތަވްރުދީ މަގުފަހިކޮށްދޭތީއެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓައިދީ އަދި ދަރިންގެ ކަންކަންވެސް ބަލަހައްޓައިދޭތީއެވެ. 

މިހުރިހާ ކަމަކަށް ބެލިނަމަވެސް ދަރުސް ދޭން އަހަރެން ކުރާ މަސައްކަތަށްވުރެ އެކަން ކުރަން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ ކުރާ މަސައްކަތްތައް މާގިނައެވެ. ރަނގަޅަށް ވިސްނާށެވެ! މީހަކު ކުރި ހެޔޮ އެމަލެއްގެ ޒައްރެއްގެ މިންވަރުވެސް އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. ވީމާ ދަރުސް ދޭން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ އުފުލާ ކޮންމެ ބުރައަކަށް އޭނާއަށް އެކަމަށް ޙައްޤުވެގެންވާ މިންވަރަށް ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ! 

ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ މަސައްކަތެއްވެސް ކޮންމެ އަންހެނަކުވެސް ކުރަންވީއެވެ. އެކަމަށް ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ހަމައެއާއިއެކު ޤަބޫލުކުރަންވީ އަންހެނުން މަސައްކަތެއް ކުރި ކަމަށްވާނީ ވަޒީފާ އަދާކުރުމުން ނުވަތަ ވިޔަފާރިކުރުން ފަދަ ގޮތަކުން އެކަނި ނޫން ކަމެވެ. ފިރިމީހާއަށާއި ދަރިންނަށާއި ޢާއިލާއަށް ކޮށްދޭ ކަންކަމަކީވެސް ހަމަ ބަރަކާތް ލެއްވެވިގެންވާ، ދެ ދުނިޔޭގައިވެސް ތިމާއަށް ފައިދާކުރާނެ މަސައްކަތްކަމެވެ. 

- ޢަބްދުއްރަޙީމް ގްރީންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް