އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުންނާމެދު ޝައްކު އުފައްދުވަން "އޮށް އިންދުމަކީ" ވަރަށް ބޮޑު ފާފައެއް!: މުފްތީ މެންކް

މީހުންނާމެދު ޝައްކު އުފައްދުވަން "އޮށް އިންދުމަކީ" ވަރަށް ބޮޑު ފާފައެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ބައެއް މީހަކު ދެކެ ރުޅި އައިސް ނަފްރަތުކުރާނަމަ އެމީހަކަށް ގެއްލކުން ދިނުމަށް އެކިގޮތްގޮތަށް ތަފާތު މަސައްކަތްތައް ކުރެއެވެ. އެގޮތުން ކުރާ އެންމެ ޢާންމު އެއް ކަމަކީ އެހެން މީހުންގެ ހިތުގައި އެމީހަކަށް ނަފްރަތު އުފެއްދުވުމަށްޓަކައި އޮށް އިންދުމެވެ. 

މިއީ ކިތަންމެ ކުޑަކަމެއް ކަމަށް ހީކުރެވުނު ނަމަވެސް މިއީ ވަރަށް ބޮޑު ފާފައެކެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެމީހަކަސް އުފެދޭ ހުރިހާ ނަފްރަތެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން އެމީހަކަށް ލިބޭ ހުރިހާ ގެއްލކުންތަކެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ފެތުރޭ ދޮގު މައުލޫމާތާއި އެމީހެއްގެ އަބުރަށް ލިބޭ ހުރިހާ ގެއްލުންތަކެއްގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. 

އެއިން އެއްވެސް ކަމަކުން އެކަން ކުރި މީހާއަށް ސަލާމަތެއް ނުވެވޭނެއެވެ. އެހުރިހާ ކަންކަން މެދުވެރިވީ އެމީހާގެ ސަބަބުންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް