އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭވޭ ސީޕީ ކަޕް އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތާއި ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްޓަރީއާއި އެކްސްކޯ މެމްބަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމުގެ މެނޭޖަރުން ބައިވެރިވިއެވެ.
އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޜަން ކުރިއަށްދަނީ ދެ ޑިވިޜަނަކަށެވެ. އެއީ ފުރަތަމަ ޑިވިޜަން އާއި ދެވަނަ ޑިވިޜަންއެވެ. ސިކްސްއަ ސައިޑް ވުމަންސް ފުޓްބޯޅަ މުބާރާތުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޜަން ކުރިއަށްދަނީ ހޯމް އެންމެ އަވޭ އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށެވެ.
Advertisement
27 ޖޫން 2019