އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަވަތި" ގެ ތިއެޓްރިކަލް ޓްރެއިލަރ އިންވެސް ފިލްމާމެދު ޝައުޤުވެރިކަން އިތުރުވެއްޖެ!

"ބަވަތި" ގެ ތިއެޓްރިކަލް ޓްރެއިލަރ އިންވެސް ފިލްމާމެދު ޝައުޤުވެރިކަން އިތުރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ދިވެހި ފިލްމު އިންޑަސްތްރީއަށް އަލަށް ނިކުންނަ "އައިފިލްމްސް" ގެ އުފެއްދުމެއް ކަމަށްވާ "ބަވަތި" ގެ އަޑު އަނެއްކާވެސް މިވަނީ ގުގުމާލާފައެވެ. ތަފާތު މޯޝަން ޕޯސްޓަރަކާއެކު ދެ ޓީޒަރ އަކާއި އަދި އެހާމެ ޝައުޤުވެރިކަން އުފެއްދި ޕްރޮމޯޝަނަލް ލަވައިގެ ސަބަބުން ވެސް މިފިލްމަށް ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރުވަނީ ބޮޑުވެފައެވެ.

އެއާއެކު މިމަހުގެ އެއްވަނަ ދުވަހު މިވަނީ ފިލްމު "ބަވަތި" ގެ ތިއެޓްރިކަލް ޓްރެއިލާރ އެއްވެސް ބެލުންތެރިންނާއި ހަމައަށް އާންމުވެފައެވެ.

އުންމީދުވެސް ކުރިފަދައިން، ޓްރެއިލަރ އިންވެސް ފެންނަ މަންޒަރުތައް އެހާމެ ހިތްގައިމުވެފައި، ފިލްމާއިމެދު އުފެދޭ ސުވާލުތަކާއި ސަސްޕެންސް ވެސް ވަނީ އިތުރުވެފައެވެ.

"ބަވަތި" ގެ ތިއެޓްރިކަލް ޓްރެއިލާ އޮލިމްޕަހުގައި ދައްކާލާފައިވާއިރު، ޓްރެއިލާރ ވަރަށް އަވަސް މުސްތަޤްބަލެއްގައި ބެލުންތެރިންނާއި ހަމައަށް އެފިލްމުގެ ފޭސްބުކް ޕޭޖުން ވެސް ފެންނާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި ސްކްރީންޕްލޭ ލިޔެފައިވާ، އިލްޔާސް ވަހީދު ބުނެފައިވެއެވެ.

މިފިލްމުގެ ތިއެޓްރިކަލް ޓްރެއިލާރ ފެށިގެންދަނީ ފިލްމުގެ ދެ ލީޑް އެކްޓަރުން ކަމަށްވާ (ނުޒޫ) އާއި އިފްނާޒް، ފިލްމުގެ ނަމުން ނަމަ ޝެހެނާޒް އާއި އިބޫ، ގެ ވާހަކަތަކަކުންނެވެ. އެވާހަކަތަކުން ވެސް ޝެހެނާޒް އުޅެނީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ކަމާއި، އެކަންކަމުގެ ވާހަކަ އެރަށުތެރޭގައި ވެސް ދެކެވުމުންދާކަން ހާމަވެގެންދެއެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓާ އިބޫ ޝެހެނާޒް އާއި ކައިވެނި ކުރަނީ ވަރަށް ލޯބިންނެވެ. އޭނާއާއެކު ޝެހެނާޒް މާލެ ވެސް ގެނެއެވެ. ނަމަވެސް... ދެން ކަންތައްތައްވަމުން އަންނަނީ ބެލުންތެރިން ވަރަށް ވެސް ހިތް އަވަސް ކުރުވާފަދަ ގޮތަކަށެވެ.

ޓްރެއިލާރ ބެލުމަށްފަހު ކުރިން ވެސް އުފެދުނު އެއް ސުވާލު އުފެދެމުން ދިޔައެވެ. ޝެހެނާޒް އަށް މިފިލްމުގަ މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާއާއި ކުރިމަތިމިވަނީ ކޮންކަމެއްހެއްޔެވެ؟ މިސުވާލުތައް އެންމެ ބޮޑަށް އިތުރުވީ ޓްރެއިލާރގެ ނިމޭކޮޅު ފެނުނު މަންޒަރަކުންނެވެ. ދޮރެއް ހުޅުވުމަށްފަހު ޝެހެނާޒް އެތެރެއަށް ވަންނައިރު، ކޮންމެވެސް އެއްޗެއް ފެނިގެން އޭނާ އިންތިހާއަށް ބިރުގަނެއެވެ. ދުންތަކެއްގެ ސިފައިގަ އަޅުގަނޑުމެންނަށް ކޮންމެވެސް އެއްޗެއް ފެނުނު ނަމަވެސް، ޝެހެނާޒަށް ފެނިފައިވަނީ ހަމައެކަނި ދުންތަކެއް ނޫންކަން އޭނާގެ ބިރުގެންފައިވާ މޫނުމަތިން ވެސް ހާމަވެގެންދެއެވެ.

އެހެންކަމުން "ބަވަތި" އާއިމެދު ދެން އުފެދުނީ މުޅިން އައު ސުވާލެކެވެ.

"މިއީ އަނެއްކާ ބިރުވެރި ފިލްމެއް ބާއެވެ؟"

ކޮންމެހެނަކަސް، އެސުވާލުތަކުގެ ފުރިހަމަ ޖަވާބު ލިބިގެންދާނީ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އެއީ "ބަވަތި" އޮލިމްޕަހު ސްކްރީނުގައި ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވާ ރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ