އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްލޮގަރ ޔާމީންގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ބްލޮގަރ ޔާމީންގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 48 ސިކުންތު

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.

 

ދުވަސްތަކަކަށް ފަހު މިމައްސަލައިގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 13:30 ގައެވެ.

 

މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް މީގެކުރިން މައްސަލަ ބައްލަވާ ގާޒީ ނިންމެވުމާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެގޮތުން ވަކީލުން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ސިއްރު ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށާއި އެހެންކަމުން ސިއްރު ހެކިބަސް ނަގާނަމަ އެއީ ގާނޫނާ ހިލާފަށް ކުރެވޭނެ ކަމެއް ކަމަށް ކަމަށެވެ.

 

ދައުވާ ލިބޭ މީހުންގެ ވަކީލުން ވިދާޅުވީ ގިޞާސް ހިފުމުގެ މައްސަލަތަކާއި ހައްދު ގާއިމުކުރުމުގެ މައްސަލަތަކުގައި ކުރެވޭ ޝަރީއަތްތައް ކުރިއަށް ދާން ޖެހޭނީ އެއްވެސް ޝައްކެއް ނެތް ގޮތަކަށް ކުރިއަށް ގެންދެވޭ ޝަރީއަތްތަކަކަށް ކަމަށެވެ. ސިއްރު ހެކިބަސް ނެގުމުން އަދާވާތްތެރިކަން ނެތްކަން ޔަގީންކުރާނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

 

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށް ކަމަށްވީ ނަމަވެސް މީގެކުރީގައި މިމައްސަލާގައި ބޭއްވި ޝަރީއަތުގެ މަޖިލިސްތަކާ އެއްގޮތަށް މިއަދުވެސް ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަ މީހެއްގެ މައްޗަށެވެ. އެއީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އާއި، މ. ތާއިފް އިސްމާއިލް ރަޝީދުއާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންއާއި، މ. ކުދެހި ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ ޝަރީއަތެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެ އެވެ.

 

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އަނެއް މީހާގެ މައްޗަށް އުފުލާަފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

 

މިމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު އިއްވާނެ އެވެ. ނަަމަވެސް ޔާމީންގެ ވާރިސުންގެ ތެރެއިން އެކަކު ނަމަވެސް އެމީހުންނަށް މައާފްކޮށްފިނަމަ ގާތިލުންގެ މައްޗަށް އިއްވާނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ