އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔާމީން ރަޝީދު މަރައިލި މައްސަލައިގަ ހެކިބަސް ދިން މީހާގެ ހެކިބަހުން އޭނާ އާއިމެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ!

ޔާމީން ރަޝީދު މަރައިލި މައްސަލައިގަ ހެކިބަސް ދިން މީހާގެ ހެކިބަހުން އޭނާ އާއިމެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތަށް މިއަދު ހެކިބަސް ދިން މީހާގެ ހެކިބަހުން އޭނާގެ ބައިވެރިވުން އެކަމުގައި އޮތްވަރާއިމެދު ގިން ސުވާލު ތަކެއް އުފެދިއްޖެއެވެ. 

ޔާމީން ރަޝީދު މަރާލަން 2 މިސްކިތެއްގެ އިތުރުން ގެއްއެއްގައި މަޝްވަރާކުރި ކަމާއި އެކަމަށް ތަމްރީނުތަކެއް ހެދިކަމާއި މަރާލާނެ މީހުންގެ ސިފަ ބަދަލުކޮށްގެން އުޅުނުކަންވެސް ހެކިވެރިޔާއަށް އެނގޭކަމަށް ބުނެފައިވާއިރު އެކަން ހުއްޓުވަން އޭނާ ކުރި އެއްވެސް ކަމެއް ބުނެފައި ނެތުމުންނެވެ. 

ހެކިވެރިޔާ ބުނި ގޮތުން ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭނާ މަރައިލީ 2017 ވަނަ އަހަރުއެވެ. އެހެންކަމަށްވާއިރު ޔާމީން ރަޝީދު މަރާލާފައިވަނީ މަޝްވްރާތައް ފަށައި އެކި މަރުހަލާތަކުގައި ކަންކަން ކުރަމުން ގެންދާތާ އަހަރެއްހައި ދުވަސްފަހުންނެވެ. 

ދިފާޢީ ވަކީލުން ހެކިވެރިޔާ އާއި އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުގެ އިތުރުން އެ ރޭ ދަންވަރު މަގުމަތީގައި ހެކިވެރިޔާ އުޅުނު ސަބަބުވެސް ބުނެފައެއް ނުވެއެވެ. ދިފާޢީ ވަކީލުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުން ދިފާޢީ ވަކީޅުން ވަނީ ހެކިވެރިޔާގެ ބަސް ޤަބޫލުނުކުރެވޭނެ ކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް