އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަމީންގެ މަރު: އިތުރު ތިން މީހަކު ހެކިބަސްދޭން ދޮގުހެދި، ހުކުމް އިއްވުން ޖަނަވަރީ ތިރީހުގަ!

ޔަމީންގެ މަރު: އިތުރު ތިން މީހަކު ހެކިބަސްދޭން ދޮގުހެދި، ހުކުމް އިއްވުން ޖަނަވަރީ ތިރީހުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 58 ސިކުންތު

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރ ޔާމިން ރަޝީދަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލުމުގެ ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި އިތުރު ތިން ސިއްރު ހެކިން ހެކިބަސްދޭން ދެކޮޅު ހަދައިފިއެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުށް ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ތިން ހެއްކެތްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވުނެވެ. ނަމަވެސް އެމީހުން ހެކިބަސް ދިނުމަށް ދެކޮޅު ހަދަމުންދާތީ އެމީހުންގެ ހެކިބަސް ނަގަން މިހާރު ބޭނުންނުވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި، މިމައްސަލައިގަ ދައުވާ ލިބޭ އިސްމާއިލް ރަޝީދު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ތައްޔާރުކުރި ރިޕޯޓާ ގުޅޭ ގޮތުން އެ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރާ ޝަރީއަތުގައި ސުވާކޮށްފައިވެއެވެ.

މީގެ ކުރިންވެސް އެ މައްސަލައިގައި ހެއްކެތްގެ ގޮތުގައި ހުށައެޅި ސިއްރު ދެ ހެއްކެން ހެކިބަސް ދިނުމަށް ދެކޮޅު ހެދުމުން ދައުލަތުން ވަނީ އެކަން ކޯޓަށް އަންގާފައި އެވެ. އެހެންކަމުން އެފަހަރު ވެސް ހެކިބަސް ނެގޭ ގޮތެއްނުވިއެވެ.

ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށް ހެކިން ދެކޮޅު ހަދަނީ އެމީހުނަށް ކުރިމަތިކުރުވާ ބިރުދެއްކުމާ އިންޒާރުތަކާހުރެ ކަމަށް މީގެ ކުރިން ދައުލަތުގެ ވަކީލުން ޝަރީއަތުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސްތައް ނަގަން ފެށުމެވެ. ދައުވާ ލިބޭ މީހުންގެ ތެރެއިން އިސްމާއިލް ރަޝީދު ދައުވާއިން ދިފާއުވުމަށް 11 މީހަކު ހެކިންގެ ގޮތުގައި ހުށައަޅާފައިވާއިރު ޒިހާން އިސްމާއިލް ހަ މީހަކު އަދި އިސްމާއިލް ހައިޝަމް އަށް މީހަކު ވަނީ ހެކިންގެ ގޮތުގައި ހުށައަޅާފައެވެ. އެހެން ކަމުން އެ މީހުންގެ ހެކިބަސްތައް ނަގާނެ ދުވަސްތައް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މިހާރު ތަވާލުކޮށްފައިވާ ގޮތުގައި، މިމައްސަލައިގައި ހުކުމް އިއްވުން އޮތީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ޔާމިންގެ މަރާ ގުޅިގެން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފައިވަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާއިލް އާއި މުޙައްމަދު ދިފުރާން އާއި ޙަސަން ޝިފާޒް އާއި އިސްމާއިލް ރަޝީދުގެ މައްޗަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ