އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު
މާލޭ ބާޒާރުމަތީ ފިހާރައަކުން ވަގަށް ނެގި ނޫޑުލްސް ކޭސްތަކެއް ބޯޓަކަށް އަރުވަނިކޮށް ފުލުހުން އަތުލައިގަނެފިއެވެ.
ފުލުހުން ބުނެފައިވަނީ ތިން ކޭސް ނޫޑުލްސް ވަގަށް ނެގި މައްސަލާގައި އަތުލައިގަތީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމީހާ އަތުލައިގަނެފައިވަނީ ވަނީ އެ ނޫޑުލްސް ކޭސްތައް ނޯތު ހާބަރު ފަޅުތެރޭގައި އޮތް ބޯޓަކަށް އަރުވަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު ލައިގެން ހުރި ޖީންސުގެ ޖީބުން ދެ ފޯނާއި ވޮލެޓަކާއި ލަގެޖު ކައްޓާއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އިތުރަށް ބެލި ބެލުމުން އެ ތަކެއްޗަކީ މިރޭ 18:00 ހާއިރު ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Advertisement
11 ޖުލައި 2019