އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ "އެހެނަސް" ގެ، ފުރަތަމަ ފަސް އެޕިސޯޑް އޮލިމްޕަހަށް!

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ "އެހެނަސް" ގެ، ފުރަތަމަ ފަސް އެޕިސޯޑް އޮލިމްޕަހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

ގަނާކުރުމާއި ދެކޮޅަށް މައްޝޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެ އުފައްދާފައިވާ ވެބްސީރީޒް "އެހެނަސް" ގެ ފުރަތަމަ ފަސް އެޕިސޯޑް އޮލިމްޕަހު ސްކްރީނުގައި އެޅުވުމަށް ނިންމައިފިއެވެ.

އައިކިޔު ލިޔުނު ކާމިޔާބު އެއްވާހަކަ ކަމަށްވާ "އެހެނަސް ހަމަ ލޯބިވެޔޭ.." ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިވެބްސީރީޒް ޕްރިމިއަރކޮށް، ފުރަތަމަ ފަސް އެޕިސޯޑް ބެލުންތެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވާ އަންގާރަ ދުވަހު ހަވީރުއެވެ.

މިއީ ފިލްމެއް ފަދައިން ސީރީޒެއް ރާއްޖޭގައި ޕްރިމިއަރ ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ. އެއް ދުވަހުގެ އެޝޯވ އަށް ޓިކެޓު މިއަދު މެންދުރު 14:00 އިން ފެށިގެން އޮލިމްޕަހުގައި ވިއްކަން ފަށާނެއެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.

 

         

 

އަންގާރަ ދުވަހު ހަވީރު "އެހެނަސް" ޕްރިމިއަރ ކުރާއިރު، ހަމަ އެރޭ 21:00 ގައި މިވެބްސީރީޒް "ބައިސްކޯފު" އެޕްލިކޭޝަނުގައި ވެސް ޕްރިމިއަރ ކުރާނެ ކަމަށް ޕްރޮޑިއުސަރ އިޤްބާލް ބުނެފައިވެއެވެ.

"އެހެނަސް" ވެބްސީރީޒަކީ ގަނާ ކުރުމުގެ ޝިކާރައަކަށްވެފައިވާ، ޠަބީޢަތުގައި "ރަނޑު" ގޮތެއް ހުންނަ ޒުވާން ފިރިހެން ކުއްޖަކަށް ދިމާވި ހާދިސާތަކެއް ދައްކުވައިދޭ ސީރީޒެކެވެ.

ކުޅަދާނަ އެކްޓަރ/ޑާންސަރ/ޑައިރެކްޓަރ ރަވީ ފާރޫޤްގެ މޮޅު ޑައިރެކްޝަނެއް ދައްކުވައިދޭ މިސީރީޒްގައި ފިލްމު އިންޑަސްޓްރީއަށް އައު މޫނުތަކެއް ވެސް ފެނިގެންދާނެއެވެ. އެގޮތުން ލީޑް ރޯލުން ފެނިގެންދާނީ މުޙައްމަދު ވިޝާލް (ރޯމަން) އާއި ފާތިމަތު ސަރާ އާދަމް އެވެ.

އެމީހުންގެ އިތުރުން އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް)، އަހުމަދު މަސީޙު، އަހުމަދު ޝާރިފް، މުޙައްމަދު ޔާމިން އަލީ އަދި އަލީ އުސާމް ވެސް ފެނިގެންދާނެއެވެ. އަދި ފިލްމު "ބޮސް" އިން ގިނަ ބެލުންތެރިންގެ ހިތްތައް ދަމައިގަތް މުޙައްމަދު ޔުނާން އާއި ކާމިޔާބު އެތައް ފިލްމެއްގެ ސައިޑް ރޯލަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ އެކްޓަރު އަލީ ނަދީޙް (ޗައްނަ) ވެސް މިވެބްސީރީޒް އިން ފެނިގެންދާއިރު ކުޅަދާނަ އެކްޓްރެސް ޝީލާ ނަޖީބާއި މުޙައްމަދު މަނިކު ވެސް "އެހެނަސް" ގެ މުހިންމު ރޯލަކުން ފެނިގެންދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ