އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިކަމެތި އަންހެނަކަށް ހެޔޮލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދީފިނަމަ އެމީހާއަށް ދިރިއުޅުމެއް ހޯދައިދިން ކަމުގެ ސަވާބު ލިބޭނެ!

ނިކަމެތި އަންހެނަކަށް ހެޔޮލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދީފިނަމަ އެމީހާއަށް ދިރިއުޅުމެއް ހޯދައިދިން ކަމުގެ ސަވާބު ލިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ޝައިޚަކު މޭވާ ކޮޅެއް ބައްލަވައިގަތުމަށްޓަކައި އެއް ދުވަހަކު މާރުކޭޓަށް ވަޑައިގެންނެވިއެވެ.  އެންމެންވެސް މޭވާ ގަންނަމުން ދިއައީ އެންމެ ތާޒާކޮށް މޭވާ ލިބެންހުރި ސްޓޯލުންނެވެ. އެތަން ބައްލަވަން ހުންނަވާފައި ޝައިޚް ވަޑައިގަތީ އެންމެ މީހުން ވިޔަފާރި ނުކުރާ ސްޓޯލަށެވެ. މޭވާ ބައްވަލައިގަތީ އެތަނުންނެވެ. 

ޝައިޚް އަރިހުން އެކަމާއި ސުވާލުކުރުމުން ވިދާޅުވިއެވެ. "އެ ސްޓޯލުގައި ހުރި މޭވާ ތަންކޮޅެއް ދެރަކޮށް ހުރީމާ މިގަތީ މަދުންނެވެ. ހަމަ މާދަން ބޭނުންކޮށްލާ ވަރަށެވެ. އޭނާ ވެސް ކައި ބޮއި ހަދަން ޖެހޭނެއެވެ. ވީމާ ކޮންމެވެސް މީހަކު އެމީހާގެ އަތުންވެސް އެއްޗެއް ގަންނަން ވާނެ ނޫން ހެއްޔެވެ؟" 

އަދިވެސް ޝައިޚް ވިދާޅުވިއެވެ. 

ކަންކަމަށް ބޭނުންވެގެން ތިބޭ މީހުންގެ ބޭނުންތައް ކޮންމެ މީހަކަށް ފުއްދައި ނުދެވިދާނެއެވެ. ނަމަވެސް ދަތި ހާލެއްގައި ހުރި މީހަކަށް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކައިދިނުމަކީވެސް ނުހަނު ގިނަ ސަވާބާއި ދަރުމަ ދެއްވަވާނެ އަޅުކަމެކެވެ. މީހުންނަށް ވަޒީފާ ނުދެވިދާނެއެވެ. ނަމަވެސް ވަޒީފާއެއް ލިބުމަށް އެހީތެރިވުމުން ވެސް ވަޒީފާއެއް ހަމަ ދިން ފަދައެވެ. 

ކައިވެނި ކުރާނެ ހެޔޮ ލަފާ ބައިވެރިއަކު ނުލިބިގެން ވަރަށް ގިނަ މީހުން އުޅެއެވެ. އެހީތެރިވެދޭނެ ބައިވެރިއަކު ނެތުމުން ކާންބޯން ނުލިބޭ އަދި އަސާސީ ބޭނުންތައް ނުފުއްދިފައި ތިބި އެތައް ބައަކު އުޅޭނެއެވެ. އެފަދަ މީހަކު އެނގޭނަމަ އެމީހަކަށް ހެޔޮ ލަފާ، ތަޤްވާވެރި ބައިވެރިއަކު ހޯދައިދިނުމަކީވެސް އެމީހަކަށް ދިރިއުޅުމެއް ހޯދައިދިނުން ފަދަ މަތިވެރި އަޅުކަމެކެވެ. ޚާއްޞަކޮށް އެކަނިވެރި މައިންނަށެވެ. ހުވަފަތް އަންހެނުންނަށެވެ. 

އެއްވެސް މީހަކަށް އެހީތެރިވުމުގެ ގޮތުން ކޮށްދޭ އެއްވެސް ކަމެއް ގެއްލިގެން ނުދާނެއެވެ. އެކަމުގެ ސަބަބުން އެމީހަކަށް ގިނަގުނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް