އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
މިހާރު ކުރިއަށްދާ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ސެމީ ފައިނަލުން އެޗްއާރުޑީ ކޮމްބައިން އާއި ޓީ އެންޑް ޑީ ކޮމްބައިން އާއި އީއެސްޖީ ކޮމްބައިން އާއި އައި ކުލަބު އަދި ސީޕީޕީއޭ ކޮމްބައިން ޖާގަހޯދައިފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްއާރުޑީ ކޮމްބައިން ސެމީން ޖާގަހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުވެގެން ލިބުނު 10 ޕޮއިންޓާއެކު ދެވަނަ ޑިވިޜަންގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި ނުވަ ޕޮއިންޓާއެކު އީއެސްޖީ ކޮމްބައިން ދެވަނަ ޓީމުގެ ގޮތުގައި ޖާގަހޯދިއިރު، އައި ކުލަބު ސީޕީޕީ ކޮމްބައިން ސެމީން ޖާގަހޯދީ ހަތް ޕޮއިންޓާއެކު ތިން ވަނަ ޓީމުގެ ގޮތުގައެވެ. ޓީ އެންޑް ޑީ ކޮމްބައިން ސެމީން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކުއެވެ.
ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ރެއެވެ. އެގޮތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އެޗްއާރުޑީ ކޮމްބައިން އާއި ޓީ އެންޑް ޑީ ކޮމްބައިންއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުގެރޭ 20:45 ގައެވެ. ސެމީ ފައިނަލް ދެވަނަ މެޗު 22:45 ގައި ފަށާއިރު މިމެޗުގައި ވާދަކުރާނީ އީއެސްޖީ ކޮމްބައިންއާއި އައި ކުލަބު ސީޕީޕީ ކޮމްބައިންއެވެ.
ދެވަނަ ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ. ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގައި 5 ޓީމަކުން ބައިވެރިވެފައިވެއެވެ.
Advertisement
22 ޖުލައި 2019