އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފްކޯއިން މާކުޑަ އަގެއްގަ މަސް ގަންނާތީ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކޮށްފި!

މިފްކޯއިން މާކުޑަ އަގެއްގަ މަސް ގަންނާތީ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރާއްޖޭގެ އެންމެ ބޮޑު ސަރަހައްދަކުން މަސްގަންނަމުންދާ މިފްކޯއިން މަސްވެރިންގެ އަތުން މާކުޑަ އަގެއްގައި މަސް ގަންނާތީ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

މެންބަރުން މިއަދު ފާހަގަކުރި ގޮތުގައި ސަރުކާރުގެ ޤައުމީ މަސްކުންފުނި މިފްކޯ އާއި މަސްގަންނަ އެހެން ކުންފުނިތަކުންވެސް މަސްގަންނަނީ އެދުވަހަކު ގަންނަން ބޭނުންވި އަގަކަށެވެ. އަދި އެ އަގު ކަނޑައަޅަނީ އެދުވަހަކު އެކުންފުނިތަކުން ބޭނުންވާ ގޮތަކަށް ކަމަށެވެ.

މިފްކޯ އުފައްދައި މިފްކޯއަށް ދައުލަތުން އިންތިހާއަށް ބޮޑެތި ޚަރަދުތައް ކުރުމަށްފަހުގައިވެސް މިފްކޯއަށް ލިބޭހައި ގެއްލުން ފޫބައްދަން ދައުލަތުގެ ބަޖެޓުން އިންތިހާއަށް ހޭދަކުރާއިރުވެސް މިއަދާއިހަމައަށްވެސް އެންމެ ކުޑަމިނުން ރާއްޖޭގެ މަސްވެރިން ބާނާ މަސްކޮޅު ގަނެ ސްޓޯރކޮށްލެވޭނެ ގޮތެއް ވެސް ހަމަޖެއްސިފައި ނެތް ކަމަށެވެ.

ބައެއް މެންބަރުން ވަނީ މިފްކޯއަށް މަސްގަންނަ ކަނޑުއޮތްގިރިން މަސްގަތުން ހުއްޓާލާފައިވާތީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. މިފްކޯއަކީ ސަރުކާރުގެ ޤައުމީ މަސްކުންފުނިކަމަށްވެފައި އަދި ރާއްޖޭގެ މަސްވެރިން އަތުން މަސްގަންނަ އެންމެ ދުވަސްވީ ކުންފުނި ކަމަށްވީނަމަވެސް މިފްކޯއިން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރަމުން އަންނަ ކަނޑުއޮތްގިރި ވީރާނާވެގެން ދިއައިރު އެންމެ ކުޑަމިނުން މަރާމާތުވެސް ކޮށްނުލެވި އޮތުމާއި އެރަށަށް މިހާރު ބޮޑުކަންނެލި ގަނެލެވޭނެ ފެންވަރުވެސް ނެތުމުން އެއީ މިފްކޯ ވެއްޓިފައިވާ ނިކަމެތި ޙާލަތު އަނގައިދޭ ކަމެކެވެ.

އެންމެފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުއޮތް ގިރިއަށް ބޮޑުކަންނެލި ގަތުން ހުއްޓާލައި ރަށް ބަންދުކޮށްފައިވަނީ ރަށުގެ ޖެޓީ މަރާމާތުކޮށްލެވޭނެ ފަދަ ތަނަވަސްކަމެއްވެސް މިފްކޯގައި ނެތުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް