އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިދުމަތް ލިބެން ދަތިވަނީ ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ: ދިރާގު

ޚިދުމަތް ލިބެން ދަތިވަނީ ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ: ދިރާގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

 

ދިރާގުގެ ކަސްޓަމަރުންނަށް މި ދުވަސްކޮޅު ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަމުންދާ ދަތިތަކެއް ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށާއި މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

ބައެއް ސަޕޯޓް ޚިދުމަތްތަށް ލިބިވަޑައިގަތުމުގައި ދަތިތަކެއް ކުރިމަތިވެދާން ޚިދުމަތްތައްވެސް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތައް

o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން

o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް

o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)

o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން

o މޮބައިލް ނަންބަރ ޕޯރޓަބިލިޓީ

ކަސްޓަމަރުންނަށް ޑޭޓާ، އެސް. އެމް. އެސް އަދި ވޮއިސް ކޯލްގެ ޚިދުމަތައް ބޭނުން ކުރެވެނޭއެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ މައި ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިއުން ކަމަށެވެ.

"މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ނިހާޔަތައް މާފަށް އެދެމެވެ. އަޅުގަނޑުމެންގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ދަނީ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް