އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިން ހޯދައިފި

ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ އިންޓަރ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިން ހޯދައިފިއެވެ.

ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އައި ކުލަބު ހޯދީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ޓީ އެންޑް ޑީ ކޮމްބައިންއާ ވާދަކޮށް 5-1 ގެ ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި މިމެޗުގައި ހެޓްރިކް ހެދީ އަޙްމަދު ސަމާޙްއެވެ. ދެން އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންއަށް ލަނޑު ޖަހައިދިނީ މުޙައްމަދު އީސާ އާއި އާދަމް ސަމީރުއެވެ. ޓީ އެންޑް ޑީ ކޮމްބައިންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޢަލީ މާނިޙްއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ އަޙްމަދު ސަމާޙްއެވެ. ދެވަނަ ޑިވިޜަންގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ އަޙްމަދު ސަމާޙްއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އެޗްއާރުޑީ ކޮމްބައިންގެ އަކްރަމް އިސްމާޢީލް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޓީ އެންޑްޑީ ކޮމްބައިންގެ އާދިލް ޢަލީއެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ މުޙައްމަދު އަފީފްއެވެ.

ދެވަނަ ޑިވިޜަންގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ އަޙްމަދު ޝަމްވީލް ހޮވުނުއިރު، 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އީއެސްޖީ ކޮމްބައިންގެ އަންދާޒް މުޙައްމަދުއެވެ. ފެއަރޕްލޭ ކުޅުންތެރިޔަކަށް އެޗްއާރުޑީ ކޮމްބައިންގެ ޙުސެއިން ސުނާން ހޮވުނުއިރު ދެވަނަ ޑިވިޜަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް  ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ އަޙްމަދު ސަމާޙްއެވެ. އޭނާ ވަނީ މި މުބާރާތުގައި 8 ލަނޑު ޖަހާފައެވެ.

ދެވަނަ ޑިވިޜަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ޓީ އެންޑް ޑީ ކޮމްބައިންގެ މެނޭޖަރު މާޒިން މުޙައްމަދު ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ ކޯޗު އަޙްމަދު މުރުތަލާއެވެ. މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިން އަޙްމަދު ރާއިފްއެވެ. އަދި ދެވަނަ ޑިވިޜަންގެ އެންމެ ރީތި ޖާޒީއަކަށް ހޮވުނީ އައި ކުލަބު އެންޑް ސީޕީޕީއޭ ކޮމްބައިންގެ ޖާޒީއެވެ. ދެވަނަ ޑިވިޜަންގެ ފެއަރޕްލޭ ޓީމަކީ ޓީ އެންޑް ޑީ ކޮމްބައިންއެވެ.

ދެވަނަ ޑިވިޜަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ސީޕީ ކަޕް ފުޓްބޯޅަ މުބާރާތް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައެވެ. އަދި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވާއިރު މުބާރާތުގެ ރެފްރީކަން ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ބައްސަވާ ދެއްވީ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައިވެއެވެ. ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންނަކީ މައިލޯ އާއި ދިރާގެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ