އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ހަވާލުކޮށްފި!

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ހަވާލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީގައި މިކަމަށްޓަކައި ޚާއްސަކޮށްގެން މިއަދު ބޭއްވި ޚަފްލާއެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އެވެ. އަދި އަމޭން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓާ އަދި ކުރީގެ މަޖިލިސް މެމްބަރ އިބްރާހިމް މުއްތޮލިބެވެ.

މިމަސައްކަތް އަމޭން މޯލްޑިވްސް އާއި ހަވާލު ކޮށްފައިވަނީ ހަތަރު މަސް ދުވަސް ތެރޭގައި ނިންމާގޮތަށް 2،900،000 ރުފިޔާ އަށެވެ.

އެކުންފުންޏާއި ހަވާލު ކޮށްފައިވަނީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމެވެ. އޭގެ ތެރޭގައި މިސްކިތާއި ހަރިންމަ ފާރު ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަހައްދުގެ ވަށާފާރު ރޭނުމާއި، ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމުގެ އިތުރުން ލޭންޑްސްކޭޕް ޕްލޭންގައިވާ ގޮތަށް ކޮންކްރީޓް ޕޭވްމެންޓް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިއާ ތައްޔާރުކުރުން ވެސް ހިމެެނެއެވެ. މީގެއިތުރުން ކަރަންޓު ވަޔަރިންގާއި، އަލިފާން ނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލައާއި ދޮންވެލިލުންވެސް އެމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ