އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ޔޫތު ލީގު މިމަހު ތޭވީހުގައި ގައި ފަށަނީ..

ދިރާގު ޔޫތު ލީގު މިމަހު ތޭވީހުގައި ގައި ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ދިރާގު ޔޫތު ލީގުގެ ކުޅުން މި މަހުގެ 23 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ތަޢާރަފުކުރީ މިދިޔަ އަހަރުއެވެ.

ޔޫތު ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ފަށާފައިވާ ޓުވާރޑްސް ފިއުޗަރ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުމެވެ.

އެކަމަކު މިއަހަރު 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ކުޅުން ބައްވަން ވަނީ ނިންމާފައެވެ.

އެފްއެއެމް އިން ބުނީ 12 އަހަރުން ދަށުގެ ކުޅުން މި މަހުގެ 23 ވަނަ ދުވަހު ފަށާނެ ކަމަށާއި 14 އަހަރުން ދަށުގެ ކުޅުން ފަށާނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޔޫތް ލީގު ކުރިއަށްދާ އިރު، މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑަމީއަކުން ވާދަކުރާނެއެވެ.

މިދިޔަ އަހަރު ބައިވެރިވީ ބީޖީ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މާޒިޔާ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކަރ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް