އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ޚަބަރުގައިވާ ފޮޓޯއިން ވަރަށް ގިނަ ވާހަކަތައް ބުނެދޭކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ޚިޔާލު ފައުޅުކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ އެ ހިނދެއްގެ ޙާލަތާއި ގުޅޭ ގޮތުން ސިޔާސީ ވިސްނުމާއި ފިކުރު ތަފާތުވި ނަމަވެސް އެކަމުގެ ހަސަދަ ދާއިމީ ކަމެއްގެ ގޮތުގައި ބޭއްވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާއިރު 3 ބޭފުޅުން އެދެއްކެވީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
"ޑރ. ޝަހީމް ދެއްކެވީ ވަރަށް ފުރިހަމަ މިސާލެއް. ރިޔާސީ ރޭހުގައި ބަލިވުމުން އެކަން ޤަބޫލުކުރައްވައި ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތީ. އެހެންވީމާ އެކަމުގެ އެއްވެސް ޙަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އިތުރަށް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް."
ޑރ. ޝަހީމް ވަނީ ޤައުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އިސްލާމިކް މިނިސްޓްރީ އުފެއްދުމުން އެމިނިސްޓްރީގެ މަސައްކަތްތައް ފުރިހަމަކޮށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭން ފެށުމުގައި ޑރ. ޝަހީމްގެ ދައުރަކީ ފާހަގަކުރެވޭ ދައުރެކެވެ. ހައްޖު ކޯޕޮރޭޝަނާއި ވަޤްފް ފަންޑް އުފެއްދުމަކީ ޑރ. ޝަހީމްގެ ޚިދުމަތެވެ. އިސްލާމިކް މިނިސްޓްރީގެ ކަންކަމަށާއި ވަޤްފް ފަންޑަށް ޑރ. ޝަހީމް ވަނީ ފުޅައު ދާއިރާއެއްގައި ޢާންމުންނާއި ބޭރުގެ އެހީތެރިކަން ހޯއްދަވައިފައެވެ.
އިސްލާމީ ޔުނިވަރސިޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން ކުރު މުއްދަތެއްގައި އެ ޔުނިވަރސިޓީ ބައިނަލްއަޤްވާމީ ފެންވަރަށް ގެނައުމުގައި ޑރ. ޝަހީމް ވަނީ ވަރަށް ފުރިހަމަ ދައުރެއް އަދާކުރައްވައިފައެވެ. މިއަދު ޑރ. ޝަހީމް އެގެންދަވަނީ އޯއައިސީގެ އިސް މަޤާމެއްގައި ހުންނަވައި ރާއްޖެއަށް ޚިދުމަތްކުރައްވަމުންނެވެ.
ޙައްޖަކީ ހިތްތައް ގުޅުވައިދޭ ބާރެކެވެ. ފުރިހަމަ ޙައްޖެއް ވެވޭނީ ހިތްތަކުގެ އެކުވެރިކަން ބަދަހިކޮށްގެންނެވެ. އެކަކު އަނެކަމަށް މާފުކޮށްގެންނެވެ. އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ. އެހެންކަމުން ޝައިޚް އިޔާސް އާއި ޝައިޚް އިމްރާން އަދި ޑރ. ޝަހީމް އެއް ފޮޓޯއަކުން ފެނުނެ ގިނަ ބައަކު ފާހަގަކުރަނީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
Advertisement
14 އޮގަސްޓް 2019