އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުލަޖެހުމުގެ ތެރެއިން އަންހެނަކާމެދު ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ބަލަން ފަށައިފި

ކުލަޖެހުމުގެ ތެރެއިން އަންހެނަކާމެދު ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ބަލަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކުލަޖެހުމުގެ ތެރެއިން އަނހެނަކާމެދު ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ބަލަން ފަށައިފިއެވެ. 

ފުލުހުން ބުނީ ކޮޅުމަޑުލު ވޭމަންޑޫގައި މިއަދު ޢީދު ކުލަ ޖެހުމުގެ ހަރަކާތްތައް ހިނަގުމުގެ ތެރޭގައި 31 އަހަރުގެ ފިރިހެނަކު 19 އަހަރުގެ އަންހެން ކުއްޖަކާއިމެދު ބަދު އަޚްލާޤީ އަމަލު ހިންގި ކަމުގެ މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ޤަވާއިދާއި އެއްގޮތަށް ބަލަމުން ގެންދާ ކަމަށެވެ. 

ފުލުހުންނަށް ހުށަހަޅާފައި ނުވި ނަމަވެސް މިފަދަ ކަންބޮޑުވުންތައް ބައެއް ރަށްރަށުން ވަނީ ފާހަގަކޮށްފައެވެ. 

ޢީދާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ ޢީދު ކުޅިވަރު ކުޅުމުގައި ދެ ޖިންސުން މަސްހުނިވެ މުންކަރާތަކަށް މަގުފަހިދާނެ ފަދަ ކަންކަމާއި ދުރުހެލިވުމަށް އިލްތިމާސް ކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު