އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފީއަލިން ނިލަންދޫއަށް، އެމްޓީސީސީ ފެރީގެ ޚިދުމަތް ފަށައިފި

ފީއަލިން ނިލަންދޫއަށް، އެމްޓީސީސީ ފެރީގެ ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ފ. އަތޮޅުގެ ފީއަލިން ނިލަންދޫއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފެރީގެ ހިދުމަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ފ.އަތޮޅުގައި އެކުންފުނިން ފެރީ ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ ފީއަލިން ނިލަންދޫއަށް، ކަމަށާއި ހަފްތާއަކު ފަސް ދަތުރުކުރާނެ ކަމަށެވެ.

ފެރީ ދަތުރުގެ އަގަކީ 20 ރުފިޔާ އެވެ. ފެރީގެ ތާވަލާއި ދަތުރު ކުރުމަށް ހަމެޖެހިފައިވާ ރޫޓު އެމްޓީސީސީގެ ވެބްސައިޓުން ފެންނަން ހުރިއިރު 100 މީހުންގެ ޖާގައިގެ ފެރީގައި ބައިސްކަލާއި، ލުއި ލަގެޖް ގެންދެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ފެރީގެ ހިދުމަތް ފ އަތޮޅަށް ދޭން ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު