އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ޙާލަތެއްގައި އިންސާނާ ސާބިތުވާން ޖެހޭ ކަންތައްތަކެއްވެއެވެ!: މުފްތީ މެންކް

ކޮންމެ ޙާލަތެއްގައި އިންސާނާ ސާބިތުވާން ޖެހޭ ކަންތައްތަކެއްވެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ގުނަވަނެއްގައި ރިއްސަނީ ހެއްޔެވެ؟ އެކަން މެދުވެރިވުމަށް ފައިދާ ހުރި ސަބަބެއް އޮންނާނެއެވެ. ކަމަކުން މޮޅު ނުވީހެއްޔެވެ؟ ކުރަން އުޅުނު ކަމެއް ނުވީ ހެއްޔެވެ؟ އެކަންކަން މެދުވެރިވުމަށް ވެސް ފައިދާ ހުރި ސަބަބެއް އޮންނާނެއެވެ. 

ޔަޤީންކުރަންވީ ދުނިޔަވީ ޙަޔާތަކީ މުޞީބާތްތަކުން ފުރިގެންވާ ދުވަސްތަކެއް ކަމެވެ. ކޮންމެ މުޞީބާތަކީވެސް ކުރިމަތި ކުރައްވަވާ އިމްތިޙާނެއް ކަމެވެ. ކޮންމެ އިމްތިހާނަކުން ވެސް ފާސްވެއްޖެ ނަމަ އިތުރު ކުރިއެރުން ލިބޭނެ ކަމެވެ. 

ވީމާ އެއްވެސް މުޞީބާތަކުން އަރައިގަތުމަށްޓަކައި ދަތުރުގެ މަގު ކުރުކޮށްނުލާށެވެ! މަގު ދިގުވި ނަމަވެސް ސީދާ މަގުން ކުރިއަށްދާށެވެ! ސީދާ މަގުން ކުރިއަށް ދާން އުނދަގޫތައް ކުރިމަތިވާނެއެވެ. ތަކްލީފްތައް ކުރިމަތިވާނެއެވެ. އެކަންކަމަށް ކެތްތެރިވެއްޖެ ނަމަ އުނދަގުލުން ނަމަވެސް ނުކުމެވޭނީ ސަލާމަތުގެ އައްސޭރިއަށެވެ. ޙަޤީޤީ އުފާވެރިކަން ލިބޭނެ މަންޒިލަށެވެ! 

މާނައަކީ ކުރިމަތިވާ އެއްވެސް ކަމަކުން އަރައިގަތުމަށްޓަކައި ޙައްޤު ނޫން މަގު އިޚްތިޔާރު ނުކުރާށެވެ! ނުކައި ނިދަން ޖެހުނު ނަމަވެސް ޙަލާލު ނޫން އެއްޗެއް ބަނޑަށް ނުލާށެވެ! ލިބެން އޮތް ގެއްލުން ކިތަންމެ ބޮޑު ނަމަވެސް ދުލުން ތެދެއް ނޫނީ ނުބުނާށެވެ! ކިތަންމެ ބޮޑަކަށް ވަރުބަލިވެފައި ހުރި ނަމަވެސް ނަމާދުތައް ފުރިހަމަނުކޮށް ނުނިދާށެވެ! ސަލާމަތްކަން ލިބުން އޮތީ އެގޮތަށް އަމަލުކޮށްގެންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް