އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަލިފާންގަނޑުގެ އަލި ފެނުމުން ކުދި ދޫނިތައް ގޮސް އަލިފާންގަނޑަށްވެއްޓޭ މިސާލުގަ މީސްތަކުން މިދަނީ ނަރަކައަށް ވެއްޓެމުން!

އަލިފާންގަނޑުގެ އަލި ފެނުމުން ކުދި ދޫނިތައް ގޮސް އަލިފާންގަނޑަށްވެއްޓޭ މިސާލުގަ މީސްތަކުން މިދަނީ ނަރަކައަށް ވެއްޓެމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އަލިފާންގަނޑުގެ އަލިކަން ފެނުމުން ކުދި ދޫނިތައް ގޮސް އަލިފާންގަނޑަށްވެއްޓިގަނެއެވެ. އެއީ އަލިފާން ކަމާއި ކައިރިވެއްޖެ ނަމަ އަނދައިގެންދާނެކަން އެ ކުދި ދޫނިތަކަކަށް ނުއެނގެއެވެ. ކައިރިވުމުން ހޫނުވެސް ވާނެއެވެ. ނަމަވެސް މިވަނީ ކީއްކަން ނުއެނގެނީސް އަލިފާނުގެ ހޫނުން އަނދައިގެންދަނީއެވެ. 

ހަމަ އެ މިސާލުގައި މީސްތަކުން މިދަނީ ނަރަކައަށް ވެއްޓެމުންނެވެ. ތަފާތަކީ މި ވެއްޓެނީ ނަރަކައަށްކަން މީސްތަކުންނަށް ރަނގަޅަށް އެނގޭ ކަމެވެ. އެނގި ތިބެވެސް ވެއްޓެމުންދާކަމެވެ. މިދުވަސް އަންނާނެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މިއަދު މިވާ ގޮތަކީ މިދެވެނީ ނަރަކައާއި ގާތްވެވެމުންކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ދުނިޔޭގެ އެދުމަށް އޮތް ދަހިވެތިކަން ބޮޑުކަމުން ކައިރިވެވެނީއެވެ. އަދި ކުޑަތަންކޮޅެއް ކައިރިވެލި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމާއި ސަލާމަތް ވެވޭނެ ކަމަށް ޤަބޫލުކުރެވެނީއެވެ. އިބިލީސް ދޭ އެ ޔަޤީންކަމުގައި ހުއްޓައި މަރުވެ ނަރަކައަށް ވެއްޓެނީއެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކަށް އެހެން މީހަކަށް އެއްވެސް އެހީއެއް ފޯރުކޮށްދެވޭނެ ދުވަހެއް ނޫނެވެ. ޚުދު ރަސޫލް (ޞޢވ) އަށްވެސް އެދުވަހުން އެއްވެސް މީހަކާއިމެދު ގޮތް ނިންމެވުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވައެވެ. އެންމެންނާއިމެދު ވެސް ޙުކުމް ކުރައްވަވާނީ ހަމަ ﷲ ތަޢާލާއެވެ. 50000 އަހަރަށް ދެމިގެންދާ އެދުވަހަކީ ކޮންމެ މީހަކާއިމެދު ވަކިވަކިން ޙުކުމް ކުރައްވަވާނެތެވެ. 

ދުނިޔޭގައި އެމީހަކު ކުރި ހެޔޮ އަމަލެއްގެ މައްޗަށް މެނުވީ އެދުވަހު އެއްވެސް ނަޞީބެއް ނެތްކަން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ. އެ ފޮތް އަހަރެމެން އެބަ ކިޔަމުއެވެ. އެއާޔަތްތައްވެސް އެބަ ކިޔަމުއެވެ. އަޑުއަހަމުއެވެ. ނަމަވެސް އަމަލެއް ނުކުރެވެއެވެ. 

އެއްވެސް ބުއްދިއެއް ދެއްވަވާފައި ނުވާ އެ ކުދިކުދި ދޫނިތައް އުދުހެމުން ގޮސް އަލިފާންގަނޑަށް ވެއްޓޭތަން އަހަރެމެން އެންމެން ވެސް އެބަ ބަލަމުއެވެ. ނަމަވެސް ޢިބްރަތް ޙާޞިލެއް ނުކުރެވެއެވެ. ވީއިރު އަހަރެމެންނަށް ދެއްވެވި ބުއްދީގެ ބޭނުން އެބަ ހިފޭ ހެއްޔެވެ؟ އެ ދޫނިތަކާއި އަހަރެމެންނާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް