އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގެ ކަންކަމުގަ ބަލައިގަންނަން ޖެހޭނީ އިތުބާރު ކުރެވޭ ޢިލްމުވެރިންގެ ފަތުވާ!

އިސްލާމް ދީނުގެ ކަންކަމުގަ ބަލައިގަންނަން ޖެހޭނީ އިތުބާރު ކުރެވޭ ޢިލްމުވެރިންގެ ފަތުވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

އިސްލާމް ދީނުގެ ކަންކަމުގައި އަބަދުވެސް  ބަލައިގަންނަން ޖެހޭނީ އިތުބާރުކުރެވޭ ދީނީ ޢިލްމުވެރިންގެ ފަތުވާއެވެ. ފަތުވާ ދެއްވާ ޢިލްމުވެރިންނަކީ ﷲ ބާވައިލެއްވެވި ހައްދުތައް ޤާއިމުކުރުމާއި އަޢުރަ ނިވާ ކުރުން ފަދަ ކަންކަމުގައި ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައިވާ އިންތައް ޤަބޫލުފުޅު ކުރައްވަވާ ޢިލްމުވެރިން ކަމުގައި ވާން ޖެހެއެވެ. 

ހަމަ އެއާއިއެކު ފަތުވާ ދެއްވަވާ ދީނީ ޢިލްމުވެރިންނަކީ ޖަމާއަތުގައި ނަމާދުކުރައްވައި ޖަމާއަތުގައި ފަރުޟު ނަމާދުކުރަން މީސްތަކުންނަށް ހިތްވަރު ދެއްވާ އަދި ނަމޫނާ ދައްކަވާ ޢިލްމުވެރިން ކަމުގައިވެސް ވާންޖެހޭނެއެވެ. ޢިލްމުވެރިއެއްގެ ޢިލްމުވެރިކަން ބޮޑުވުމަކީ ނުވަތަ ކިތަންމެ މަތީ މަޤާމެއްގައި ހުރުމަކީވެސް ޖަމާއަތުގައި ނަމާދު ނުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. 

އިސްލާމް ދީނަކީ ހަމަ އެކަނި ދަރުސް ދިނުމުގެ ދީނެއް ނޫނެވެ. ހަމައެކަނި އިރުޝާދު ދިނުމުގެ ދީނެއްވެސް ނުމެނޫންމެއެވެ. ރަސޫލް (ޞޢވ) އާއި ޞަހާބީންނާއި ދީނުގެ އިތުބާރު ކުރެވޭ ބޮޑެތި ޢިލްމުވެރިން ވަނީ މިމޭރުމުން ނަމޫނާ ދައްކަވައިފައެވެ. 4 މަޒުހަބުގެ އިމާމުންނާއި އިމާމުންގެ ދަރިވަރުންގެ ޢަމަލުފުޅުތަކަށް ބެލުމުންވެސް މިކަންކަން ފެނިގެންދާނެއެވެ. 

ކަން މިހެން އޮތުމުން އިސްލާމް ދީނުގެ ކަންކަމުގައި ފަތުވާ ދެއްވާ އަދި ދަރުސް ދެއްވާ ޢިލްމުވެރިންނަކީ ދެއްވާ ފަތުވާ އާއި އަދި ދެއްވާ ދަރުސްތަކާއި އެއްގޮތަށް އަމަލުކުރައްވައި މީސްތަކުންނަށް ނަމޫނާ ދައްކަވާ ޢިލްމުވެރިން ކަމުގައިވެސް ވާން ޖެހޭނެއެވެ. 

މީސްތަކުންނަށް މިއަދު ދިނީ ކަންކަމުގައި ސުވާލު އުފެދޭ އެންމެ ބޮޑު އެއް މައްސަލައަކީވެސް ހަމައެކަނި ފަތުވާ ދެއްވާ ޢިލްމުވެރިން މަދުން ނަމަވެސް ތިއްބެވުމެވެ. ހަމައެކަނި ފަތުވާ ދެއްވާ ދީނީ ޢިލްމުވެރިން މަދުން ނަމަވެސް ތިއްބެވުމުން ރާއްޖޭގައި ތިއްބެވި ޙައްޤު ގޮތުގައި ފަތުވާ ދެއްވައި އަދި ދަރުސް ދެއްވައި އިސްލާމް ދީނަށް އަމަލުކުރުމުގައި ނަމޫނާ ދައްކަވާ ޢިލްމުވެރިންގެ މަސައްކަތްޕުޅުތަކަށް ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. 

(މިއީ މިއަދުނޫހުގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ޝާއިޢުކުރަން އެހީތެރިވެދެއްވާ ދީނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް