އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 ރަށެއްގެ ބަނދަރު ހެދުމާ 2 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފި

2 ރަށެއްގެ ބަނދަރު ހެދުމާ 2 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ހދ. ނެއްލައިދޫ އާއި މ. ވޭވަށުގެ ބަނދަރު ހެދުމާއި ކ. ގުރައިދޫ އާއި މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ. 

365 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހދ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 47,623,290.28 ރުފިޔާ އަށެވެ.

500 ދުވަސް ތެރޭގައި މ. ވޭވަށު ބަނދަރު އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައިވަނީ  48,863,172.98 ރުފިޔާ އަށެވެ.

ރ. އަނގޮޅިތީމް ބަނދަރުގެ ސާރވޭ އެންޑް ޑިޒައިންގ ހެދުމަށް ހަވާލުކޮށްފައިވަނީ 25 ދުވަހުގުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މީގެ އިތުރުން މިއަދު ވަނީ ކ.ގުރައިދޫއަށް 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު 225 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީ އާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ  85,931,168.4 ރުފިޔާ އަށެވެ. 

1 އަހަރުދުވަހުގެ ތެރޭގައި މާފުށީގައި 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 99,981,373.0 ރުފިޔާ އަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް