އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަލްގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަލްގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މަސްތުވާތަކެއްޗާއެކީ މިމަހުގެ 27 ވަނަ ދުވަހު ހައްޔަރުކުރި ދިވެހި ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

 

މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ. އެ މައްސަލާގައި އޭނާއާއެކު އިތުރު އަންހެނަކު ވެސް ހައްޔަރުކޮށްފައި ވެއެވެ.

 

މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެދެމީހުންގެ ދަބަހުން މަސްތުވާތަކެތި އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅަކާއި ޕެކެޓެއް ފެނިފައިވެއެވެ.

 

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ