އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސްދޫ އާއި ދޫނިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެލިދޫ އާއި ދޫނިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ރަސްދޫ އާއި ދޫނިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެލިދޫ އާއި ދޫނިދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އއ. ރަސްދޫ އާއި ދޫނިދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ވ. ފެލިދޫ އާއި ދޫނިދޫގެ ބަނދަރުގެ މަޝްރޫއު ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ވ. ފެލިދޫ ބަނދަރުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. އަދި ދޫނިދޫގެ ބަނދަރު ހަދައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއެވެ.

ނުވަ ދިހަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައި ވާއިރު އެ މަސައްކަތަށް ހަރަދުވާނެކަމަށް ބެލެވެނީ 79.9 މިލިއަނެވެ. އަދި ފެލިދޫ ބަނދަރުގެ މަޝްރޫއު 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވާއިރު އެ މަޝްރޫއުއަށް 18.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ދޫނިދޫގެ ކޮންޓްރެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.4 މިލިއަން ރުފިޔާއަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު