އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މަސްވެރިކަމާ ބެހޭ ބިލު މަސްވެރިންނަށް ފަހިވާ ގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފި އެވެ.

މަސްވެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅި އިރު މަސްވެރިންނާއި މެމްބަރުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް މިބިލް ބޮޑެތި އިސްލާހުތަކާ އެކުގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. 

ބިލަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް އެހީތެރިވެ ދިނުން ހިމެނޭއިރު މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި، އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ އެމީހުންގެ އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

އަދި މަސްވެރިންނާ ގުޅުން ހުރި އަދި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް މިބިލަށް ވަނީ އިތުރުކޮށްފައެވެ.

އަލަށް އިތުރު ކުރި ބައެއް ބޮޑެތި ބަދަލުތަކުގެތެރޭގައި ވަނީ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުމަށް މަގުފަހި ކުރުމާއި ކަނޑުގެ ސަރަހައްދުގައި އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމަށެވެ. އަދި ރާއްޖޭގައި މަސް ދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާ ކުރުމަށް މަގުފަހިކުރަން ވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

ދިވެހި މަސްވެރިންނަށް ޕެންޝަނަކާއި އެކު ޑިސްއޭބިލިޓީ އިންޝުއަރެންސް ލިބިދެވޭ ގޮތަށްވެސް މަސްވެރިންގެ ބިލަށް މަޖިލީހުން ބަދަލުތަކެއް ގެނަ އެވެ. ބިލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ މަސްވެރިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު