އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޟްވާނުގެ މައްސަލައިގަ ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވައިފި

ރިޟްވާނުގެ މައްސަލައިގަ ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ޝައިޚް އިމްރާން ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ގެއްލިފައިވާ ނުވަތަ މަރާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރޭ ބަޔާންތަކާއި އަނގާ އެންގުންތަކާއި ގުޅިގެން ފުލުހުން އަޅންޖެހޭ ފިޔަވަޅުތައް އަޅަމުން ގެނަދާނެ ކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ދެއްވައިފިއެވެ. 

 

ރިޔާސީ ކޮމިޝަނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނެއްކަން ފާހަގަކުރައްވައި ޝައިޚް އިމްރާން ވިދާޅުވީ އެކޮމިޝަނުގެ ހޯދުންތަކުގެ މައްޗަށް ބަލައި ނެރޭ ރިޕޯޓްތަކަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް ފިޔަވަޅު އަޅަމުން ގެންދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ. 

 

ގަދަކަމުން ރިޟްވާން ކާރަކަށް ލައިގެން ގެންދިއުމުން ފުލުހުން އެ ރޭ އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށްބުނެ ގިނަ ބައަކު މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. މީހަކު ވަގަށް ނަގައިގެން ގެންދިއުމުން އެމީހަކު ހުޅުމާލެއިން ބޭރުކުރިއަ ނުދިނުމަށް ފުލުހުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ގިނަ ބައަކު ބުނަމުންދާއިރު ވަގަށް ނެގި މީހުން ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގެންދިއަ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް