އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 21 މިނެޓް, 10 ސިކުންތު
ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން އޯޕަން ފެތުމުގެ މުބާރާތެއް ބާއްވަން ރާވައިފިއެވެ.
"ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމެޕެޓިޝަން 2019" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ 1 ކިލޯ މީޓަރު ނުވަތަ 500 މީޓަރުގެ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގައިއެވެ. ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައެވެ.
މި މުބާރާތް ރާވާ ހިންގަނީ ސްވިމް މޯލްޑިވްސް އެވެ. މި ޖަމިއްޔާއަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްޤީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަޤްޞަދަކީ، ވީހާވެސް ގިނަ ބަޔަކަށް، ވާދަވެރި، ރައްކާތެރި، އުފާވެރި މާޙައުލެއްގައި ފެތުމާއި މޫދު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ދިރާގުން ބުނީ ދިރާގުން މި މުބާރާތް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން، ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި ހަމަ އެއާއެކު ފެތުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދިވެއްސަކައްވެސް ފަސޭހަކަމާއެކު ދަސްކޮށް ކުރެވޭނެ ކަމެއްކަމުގައި ވުމުންނެވެ.
މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢުމުރުފުރާތަކާއި ކެޓަގަރީތައް ތިރީތަކަކީ:
ޢުމުރު ފުރާ |
500 މީޓަރު |
1 ކިލޯ މީޓަރު |
ތަން |
7 އަހަރާއި 10 އަހަރާ ދެމެދު |
✅ |
-- |
ރަސްފަންނު އެތެރެ |
11 އަހަރާއި 12 އަހަރާ ދެމެދު |
-- |
✅ |
ރަސްފަންނު ބޭރު |
13 އަހަރާއި 14 އަހަރާ ދެމެދު |
-- |
✅ |
ރަސްފަންނު ބޭރު |
20 އަހަރާއި 29 އަހަރާ ދެމެދު |
✅ |
✅ |
ރަސްފަންނު ބޭރު |
30 އަހަރާއި 39 އަހަރާ ދެމެދު |
✅ |
✅ |
ރަސްފަންނު ބޭރު |
40 އަހަރާއި 49 އަހަރާ ދެމެދު |
✅ |
✅ |
ރަސްފަންނު ބޭރު |
50 އަހަރުން މަތި |
✅ |
✅ |
ރަސްފަންނު ބޭރު |
މިމުބާރާތް ހޯސްޓު ކުރަނީ، މުބާރާތް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. މުބާރާތުގެ ބައިވެރިވެ ނިންމާ ކޮންމެ ފެތުންތެރިއަކަށް، ޓީޝާރޓަކާއި ފިނިޝަރ މެޑަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އިތުރު މައުލޫމާތު ހޯދުމަށް https://www.facebook.com/events/365929051001040/
Advertisement
9 ސެޕްޓެމްބަރ 2019