އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
މަރުގެ ކޮމިޝަނުން ގެ ބޭނުމަކަށް ކަނޑުމަތީ އޮޕަރޭޝަނެއް ފަށައިފިއެވެ.
މަރުގެ ކޮމިޝަނުން ގެ ބޭނުމަކަށް ކަނޑުމަތީ އޮޕަރޭޝަނެ މިއަދު ކުރިއަށްގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގަ ކަމަށް ފުލުހުން މައުލޫމާތު ދޭއެވެ.
މަރުތަކުގެ މައްސަލަތައް ބަލަމުން ގެންދާ ރިޔާސީ ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ކޯޓު އަމުރުތަކުގެ ދަށުން މިއަދުވެސް ބައެއް ގެތައް ބަލައި ފާސްކުރަމުން އެބަ ގެންދެއެވެ.
މިއަދުގެ އޮޕަރޭޝަންގައި ވެސް ފުލުހުންނާއި އެކު ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވެއެވެ.
މައުލޫމާތު ލިބޭ ގޮތުން މ. ލެގޫން ވިޔު އާއި ގ. ހިލްޓަން ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އިއްޔެ ވަނީ މާލެ ސިޓީގެ 8 ތަނަކާއި އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށްފައެވެ.
މިއިން އެއްވެސް އޮޕަރޭޝަނެއްގައި އެއްވެސް މީހަކު ހައްޔަރުކުރިކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.
Advertisement
11 ސެޕްޓެމްބަރ 2019